އައްޑޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

12 އޭޕްރީލް 2025 - 16:07 0

ލީވާން އަލީ ނާސިރު

ލ

އައްޑޫ ސިޓީޣައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އެމްބިއުލާންސަށް ލަނީ: އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި


އައްޑޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

12 އޭޕްރީލް 2025 - 16:07 0

އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ސ. ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު، 36 އަނިޔާވެގެން ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު، 23 ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެގޮތުން ކާރު ދުއްވި މީހާ އަދި ސައިކަލު ދުއްވި މީހާ އަތުގައި ލައިސަންސް އޮތްކަން ސާފެއް ނުވެ އެވެ.

ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއީ މަގުމަތީ އެކްސިޑެންޓެއްގައި މިއަދު ހިނގި ދެވަނަ މަރެެވެ. ރޭ ދަންވަރު ލ. މާންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެ އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސައިކަލު ދުއްވަން ހުރި ލ. މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް، 30 އެވެ.