Advertisement

މަޑިހާ އުފަންވެލި ޕްރޮމޯޝަން: ފެންވަރު ރަނގަޅު މޭވާ އަދި ކުކުޅު ހެޔޮއަގުގައި

12 އޭޕްރީލް 2025 - 15:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުފަންވެލި ފިހާރަ: ހެޔޮ އަގުގައި ފެންވަރު ރަނގަޅު މޭވާ އަދި ކުކުޅު ހެޔޮ އަގުގައި -- ފޮޓޯ: އަދަދު


މަޑިހާ އުފަންވެލި ޕްރޮމޯޝަން: ފެންވަރު ރަނގަޅު މޭވާ އަދި ކުކުޅު ހެޔޮއަގުގައި

12 އޭޕްރީލް 2025 - 15:35 0

ރާއްޖޭގައި ފެންވަރު ރަނގަޅު މޭވާ، ތަރުކާރީ އަދި ތަފާތު މީޓްތަކުގެ ވިޔަފާރިކުރާ މަޑިހާ އުފަންވެލި ފިހާރައިން މި ހަފުތާގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ހެޔޮ އަގުގައި މޭވާ އަދި ކުކުޅު ވިއްކަން ފަށައިފި އެވެ.

މަޑިހާ ކުންފުނީގެ އޮޕަަރޭޝަންސް މެނޭޖަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެންމެ އިތުބާރުހުރި މަސްދަރުތަކުން ކޮންމެ ބެޗެއް އަމިއްލައަށް ބަލައި، ހިޔާރު ކުރަނީ ފެންވަރަށް ބަލާފައި ކަމަށެވެ.

"ޔޫރަޕާއި، އެފްރިކާ އަދި އެމެރިކާގެ ދަނޑުތަކުން ފެށިގެން އޭޝިޔާގެ ދަނޑުވެރިކަމުގެ ބިންތަކާ ހަމައަށް، އަޅުގަނޑުމެން އަމިއްލަ ލޮލުން ތާޒާކަން ކަށަވަރުކޮށް - އެންމެ ފަހުން ކަސްޓަމަރުންގެ ސަފުތަކަށް މި ފޯރުކޮށްދެނީ. އިމްޕޯޓް މި ކުރަނީ ޕްރީމިއަމް ކޮލިޓީ،" އޭނާ ވިދާޅުވި އެވެ.

މަޑިހާ އުފަންވެލިން މި ހަފްތާއަށް ހާއްސަކުރާ އޮފާތައް:

  • އިޓަލީގެ ކުއީން އެޕަލް (ރަތް) - ރީޓެއިލްކޮށް 4ރ. އަށް އަދި ހޯލްސޭލްކޮށް ކޭހެއް 400ރ. އަށް.
  • އިރާނުގެ ރަތް އާފަލު - ރީޓެއިލްކޮށް 2.50ރ. އަށް އަދި 10 ކިލޯގެ ކޭހެއް 160ރ. އަށް.
  • ފްރާންސް އަދި އިޓަލީގެ ރޯޔަލް އެޕަލް - ރީޓެއިލްކޮށް 4ރ. އަށް އަދި ކޭހެއް 500ރ. އަށް.
  • ލަންކާގެ ކެވެންޑިޝް ދޮންކެޔޮ - ކިލޯއެއް 35ރ. އަށް ހޯލްސޭލްކޮށް ކޭހެއް 380ރ. އަށް.
  • ވިއެޓްނާމުގެ ލުނބޯ - ކިލޯއެއް 25ރ. އަށް އަދި ކޭހެއް 170ރ. އަށް.
  • ޗައިނާގެ ބޯންލެސް ޗިކަން - ޕެކެޓެއް 97ރ. އަށް އަދި ހޯލްސޭލްކޮށް ކޭހެއް 561ރ. އަށް.

އެ ޕްރޮމޯޝަނުގެ އަމާޒަކީ ހަމައެކަނި ވިޔަފާރި ކުރުމަށްވުރެ، ގޭބިސީތަކަށް ފެންވަރު ރަނގަޅު، ތާޒާ ކާނާ ފޯރުކޮށްދިނުން ކަމަށް މަޑިހާއިން ބުންޏެވެ.

ޕްރޮމޯޝަންގެ ބޭނުން ހިފައި ޑިސްކައުންޓު ރޭޓުގައި ކާބޯތަކެތި ގަންނަން އުފަންވެލީގެ ފިހާރަތަކަށް ޒިޔާރަތް ކުރުމަށް މަޑިހާއިން އެދެ އެވެ.

ރާއްޖޭގައި ވިޔަފާރިކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަޑިހާ އުފަންވެލީގެ ފަސް ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.