Advertisement

ގޫގުލްގެ އެތައްސަތޭކަ މުވައްޒަފުން އަނެއްކާވެސް ވަޒީފާއިން ވަކިކޮށްފި

12 އޭޕްރީލް 2025 - 09:26 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ގޫގުލްގެ ބެލެނިވެރި ކުންފުންޏަކީ އަލްފަބެޓް --


ގޫގުލްގެ އެތައްސަތޭކަ މުވައްޒަފުން އަނެއްކާވެސް ވަޒީފާއިން ވަކިކޮށްފި

12 އޭޕްރީލް 2025 - 09:26 0

ގޫގުލްގެ ޕްލެޓްފޯމްސް އެންޑް ޑިވައިސަސް ޔުނިޓުން އެތައްސަތޭކަ މުވައްޒަފުން އަނެއްކާ ވެސް ވަޒީފާއިން ވަކިކޮށްފި އެވެ.

"ދަ އިންފޮމޭޝަން" އިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވަކިކުރި މުވައްޒަފުންގެ ޔުނިޓުގައި ހިމެނެނީ އެންޑްރޮއިޑް ޕްލެޓްފޯމް، ޕިކްސެލް ފޯނުތައް އަދި ކްރޯމް ބްރައުޒަރު ފަދަ އެޕްލިކޭޝަންތަކެވެ.

މުވައްޒަފުންތަކެއް ވަކި މިކުރީ،ޖަނަވަރީ މަހު ގޫގުލްއިން މުވައްޒަފުންނަށް ދިން ރިޓަޔާމަންޓް އޮފާ އަށް ފަހުގައެވެ.

ގޫގުލްގެ ތަރުޖަމާނެއް "ދަ އިންފޮމޭޝަން" އަށް ބުނެފައިވަނީ މިދިޔަ އަހަރު ޕްލެޓްފޯމްސް އަދި ޑިވައިސަސް ޓީމުތައް އެއްކުރުމަށްފަހު، އެ ޔުނިޓު އިތުރަށް ހަލުވިކޮށް އަދި ހަރުދަނާކޮށް ހިންގުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ތެރޭގައި ޖަނަވަރީ މަހު ދިން ރިޓަޔާމަންޓް އޮފާގެ އިތުރުން ބައެއް ވަޒީފާތައް އުވާލަން ޖެހުނު ކަމަށެވެ.

މި ހަބަރާ ގުޅޭގޮތުން ރޮއިޓަރޒްއިން ގޫގުލްއަށް ކުރި ސުވާލުތަކަށް އަދި ޖަވާބެއް ނުދެ އެވެ.

ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މިހާރު އިސްކަންދެމުންދަނީ ޑޭޓާ ސެންޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީކުރުމަށެވެ. އަދި އެހެން ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތައް ކުޑަކުރަމުންނެވެ. މިގޮތުން ފޭސްބުކްގެ މައި ކުންފުނި މެޓާއިން މިއަހަރުގެ ޖަނަވަރީ މަހު އެންމެ ދަށް ޕާފޯމަންސް ދައްކާ ފަސް ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އަދި މައިކްރޯސޮފްޓްއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްބޮކްސް ޔުނިޓުން 650 މުވައްޒަފުން ވަކިކޮށްފައިވެ އެވެ.

މީގެ އިތުރުން އެމޭޒަން އަދި އެޕަލްއިންވެސް ބައެއް ޔުނިޓުތަކުން މުވައްޒަފުން ވަކިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.