11 އޭޕްރީލް 2025 - 07:47 2
ކުރީގެ ރައީސް ޔާމީން: ވިދާޅުވީ ޗާޕު ކުރާ ފައިސާ ސަރުކާރުން ބޭނުން ކުރަނީ މުސާރަ ދިނުމާއި އެފަދަ ބައެއް ހަރަދުތައް ހަމަޖައްސަން ކަމަށް -- ފޮޓޯ: އަދަދު ފައިލް
11 އޭޕްރީލް 2025 - 07:47 2
ސަރުކާރަށް ފައިސާ ނުލިބޭތީ މިހާރު ފައިސާ ޗާޕު ކުރަން ފަށާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރަށް ފައިސާ ނުލިބޭތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފައިސާ ނަގަން ފަށާއިވާ ކަމަށެވެ. އެގޮތަށް، އިގްތިސާދުގައި ދައުރުނުވާ ފައިސާ ނަގައިގެން ބޭނުން ކުރުމަކީ ފައިސާ ޗާޕު ކުރުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ޒުވާނަކަށް ލޯނެއް ލިބޭނީ ކިހިނަކުންތޯއޭ، ޕްރައިވެޓް ކެޕިޓަލް މިހާރު އެހުރީ ޑްރައިވެން ފްރޮމް ބޭންކިން ސިސްޓެމް. ސަރުކާރުން ވަދެގެން ސަރުކާރަށް ލޯނު ނަގަނީ. ސަރުކާރަށް މިހާރު ފައިސާ ނުލިބޭތީ އެމްއެމްއޭގެ ތެރެއިން ފައިސާ ނަގަނީ. އެމްއެމްއޭގެ ތެރެއިން ފަސާ ނެގުމަކީ ހަމަ ފައިސާ ޗާޕްކުރުން،" ޔާމީން ވިދާޅުވި އެވެ.
ހުޅުމާލެއިން ބޮޑު ބިމެއް ގަތުމުގެ ނަމުގައި އެމްއެމްއޭއިން ވަނީ ދާދިފަހުން 15 ބިލިއަނެއްހާ ރުފިޔާ ޗާޕު ކުރަން ނިންމައިފަ އެވެ. ނަމަވެސް އެ މައުލޫމާތު މަރުކަޒީ ބޭންކު އަދި ސަރުކާރުން ދަނީ ސިއްރު ކުރަމުންނެވެ. ފައިސާ ޗާޕު ކުރަން ނިންމާފައިވާތީ އެމްއެމްއޭ ބޯޑުގެ ބައެއް މެންބަރުން ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ޔާމީން ވިދާޅުވީ ޗާޕު ކުރާ ފައިސާ ސަރުކާރުން ބޭނުން ކުރަނީ މުސާރަ ދިނުމާއި އެފަދަ ބައެއް އެހެން ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ. އެކަމަކު، ކޮންމެ ގޮތަކަށް ބޭނުން ކުރިޔަސް އެއީ ހަމަ ފައިސާ ޗާޕު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ހަދާފައި އަދި ރިއަލްސްޓޭޓަށް އެމްއެމްއޭ ދާންވެގެން ހުޅުމާލެއިން ބިމެއް ގަނެފައި، އޭގެ އަގު އެޗްޑީސީއަށް ދީފައި، އެ ފައިސާކޮޅު މުއިއްޒު ނަގައިގެން މުސާރަ ދިނުމާއި މިކަން ކުރިއަސް މިއީ ހަމަ ޗާޕްކުރާ ފައިސާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސާ ޗާޕު ނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަދި ސަރުކާރުން ވިދާޅުވަމުންދިޔަ ނަމަވެސް އެ ވައުދާ ހިލާފުވެފައިވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
"މަނީ ސޭކިއުލޭޝަނުން ބޭރުގައި ހުރި ފައިސާ މަނީ ސާކިއުލޭޝަންގެ ތެރެއަށް ވެއްދުމަކީ ފައިސާ ޗާޕްކުރުން،" ޔާމީން ވިދާޅުވި އެވެ.
މަރުކަޒީ ބޭންކު އަދި އެ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ފައިސާ ޗާޕު ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެކަންތައް އެމަނިކުފާނު ސިފަ ކުރެއްވީ ޖަރީމާއެއްގެ ގޮތުގަ އެވެ.
"މުނައްވަރު ވެސް މިކަމަށް ނޫނެކޭ ބުނާނެ ކަމެއް ނެތް އަދި އަމުދުން މުއިއްޒު ބުނާނެ ކަމެއް ނެތް މިއީ އެމްއެމްއޭގެ ދައުރެެއް ނޫން. އެމްއެމްއޭ ކޮށްގެން ނުވާނެ. އެމްއެމްއޭ ހިންގަނީ ޖަރީމާއެއް. އެމްއެމްއޭގެ ބޯޑަކުން ވެސް ފާހެއް ނުކުރެވޭނެ މިކަން ކުރާކަށް. އެމްއެމްއޭއަކީ މިގޮތަށް ލެންޑުކުރަން އޮތް ތަނެއް ނޫން. އެ މީހުން ގޮސް ރިއަލް ސްޓޭޓުން ގަނެފައި، މަނީ ލޯންޑާކޮށްފައި، ނޫނީ ކުރި މުއަމާލާތް ރީތިކޮށްލާފައި ބަހައްޓާފައި ސަރުކާރަށް ލާރިދޭން ކުރާ ކަމެއް މިއީ،" ޔާމީން ވިދާޅުވި އެވެ.
33.33%
0.00%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަގަގަދަ
3 days ago
ވާހަކަ ކިޔާދޭމީހާ ބުނީމަ ގަބޫލް ކުރަންވީ.
އަވަސްހިނި
3 days ago
ތިބޭޅާގެ ސަރުކާރުން ކަންތައްކޮށްފަހުރީ ހަމަ އެންމެ ރަގަޅަށްތޯ. ކިތައް ކަންތައްތައް ކޮށްފަ ތިހުރީ. ދެން މަޑުން ހުރެބަލަ މދައުރު ނިމެންދެން.
Comment