Advertisement

ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފުސީލީ ރިޕޯޓު ނެރުން ހުއްޓާލައިފި

10 އޭޕްރީލް 2025 - 10:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓޫރިޒަމް މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް : އެ މިނިސްޓްރީން ނެރެމުން އައި ކޮންމެ މަހަކު ނެރޭ ތަފުސީލީ ރިޕޯޓު ނެރުން ވަނީ ހުއްޓާލާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފުސީލީ ރިޕޯޓު ނެރުން ހުއްޓާލައިފި

10 އޭޕްރީލް 2025 - 10:42 0

ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފުސީލީ ރިޕޯޓު ނެރުން ހުއްޓާލައިފި އެވެ.

މި ރިޕޯޓުތަކަކީ 2009 އިން ފެށިގެން ކޮންމެ އަހަރެއްގެ ކޮންމެ މަހަކު އާންމު ކުރަމުންދިޔަ ރިޕޯޓުތަކެކެވެ. އެ ޑޮކިއުމެންޓުތައް މިހާރު ވެސް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން އެބަހުއްޓެވެ. އެންމެ ފަހުން މިނިސްޓްރީން އާންމުކުރީ ޑިސެމްބަރު، 2024، ގެ ރިޕޯޓެވެ. މި އަހަރުގެ އެއްވެސް މަހެއްގެ ރިޕޯޓެއް ނުނެރެ އެވެ.

މަންތުލީ ރިޕޯޓުތައް ނެރުން ހުއްޓާލި ސަބަބެއް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވެފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު އާންމުކުރަމުން ދަނީ ޑެއިލީ ޓޫރިޒަމް ރިޕޯޓުތަކެެވެ. މިއީ ކޮންމެ ދުވަހަކު ނެރޭ ރިޕޯޓުތަކެއް ނޫނަސް އާންމުކޮށް ހަފުތާއަކު މަދުވެގެން ދެތިން ފަހަރު މި ރިޕޯޓު އާންމުކުރެ އެވެ. ކޮންމެ މަހަކު ނެރޭ ރިޕޯޓުގައި ހިމެނޭ ބައެއް ތަފުސީލީ މައުލޫމާތުތައް ޑެއިލީ ރިޕޯޓުތަކުގައި ނުހިމަނަ އެވެ.

އެގޮތުން، މަންތުލީ ރިޕޯޓުތަކުގައި ކޮންމެ ގައުމަކުން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދާއި އޮޕަރޭޝަނުގައި އަދި ރަޖިސްޓްރީ ކޮށްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުގެ އިތުރުން އޮކިއުޕެންސީ ރޭޓުތަކާއި އެއާޕޯޓުތަކަށް އައި ޓޫރިސްޓުންގެ އަދަދު ވަކިވަކިން އެނގެން ހުރެ އެވެ. މި ތަފުސީލުތައް މި އަހަރަކު އާންމުކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމު ފިޔަވާ އެހެން ގައުމުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި އަދަދުތައް ވެސް މި އަހަރު މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ.