‏ދިރާސާ: ކޮފީ ގިރަން ފެން އަޅާ ގޮތުން ރަހައަށް ބަދަލު އާދޭ

10 އޭޕްރީލް 2025 - 02:24 1

އަހުމަދު ދާއޫދު

އ

ކޮފީއަކީ ދުނިޔޭގެ އެންމެ ގިނަބަޔަކު އެންމެ ގިނައިން ބޭނުންކުރާ ބުއިން --


‏ދިރާސާ: ކޮފީ ގިރަން ފެން އަޅާ ގޮތުން ރަހައަށް ބަދަލު އާދޭ

10 އޭޕްރީލް 2025 - 02:24 1

‏އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވާސިޓީގެ ދިރާސާއަކުން ‏‏ދައްކައިދީފައިވާ ގޮތުގައި ކޮފީ ގިރަން ފެން އަޅާ ގޮތުން ވެސް އޭގެ ‏‏ރަހަ އާއި ބާރުމިނަށް ބަދަލު އަންނަ ކަމަށް ވަނީ ހާމަވެފަ އެވެ. ‏‏މި ދިރާސާގައި ބަލާފައިވަނީ ކޮފީ ތައްޔާރުކުރުމުގެ އެންމެ ‏‏މަގުބޫލު އެއް ގޮތް ކަމަށްވާ ފެން އޮއްސައިގެން ކޮފީ ‏‏ތައްޔާރުކުރުމުގެ މައްޗަށެވެ‏‎.‎

‏ދިރާސާގެ މައިގަނޑު ލީޑްކުރި އާނެސްޓް ޕާކް ބުނީ ކޮފީ ގިރަން ފެން އަޅާއިރު ވީހާވެސް މަތިން އަޅަން ‏‏ޖެހޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް އަޅާއިރު، ސީދާ ކޮފީ ‏‏ޕައުޑަރަށް އެޅޭ ގޮތަށް އަޅަން ސަމާލުކަންދޭން ޖެހޭނެ ކަމަށް އޭނާ ‏‏ބުންޏެވެ

‏މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި މިގޮތަށް ކޮފީ ގިރަން ފެން ‏‏އެޅުމުން ކޮފީގެ ރަހަ ރަނގަޅުވެ، މަދު ކޮފީ ޕައުޑަރަކުން ރަނގަޅަށް ރަހަ ނެރެވޭނެ އެވެ. މިއީ ކޮފީ އުފެއްދުމަށް ކުރިމަތިވެފައިވާ ‏‏ގޮންޖެހުންތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ‏‏ދިރާސާގައި ބުނެފައިވެ އެވެ‏‎.‎

‏މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮފީ އުފެއްދުމަށް ‏‏ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ދިރާސާގައި ‏‏ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މި ދިރާސާއިން ހޯދާފައިވާ ‏‏ހޯދުންތަކަކީ ކޮފީއަށް ލޯބިކުރާ މީހުންނަށް އުފާވެރި ހަބަރެއް ‏‏ކަމަށް ބެލެވެއެވެ‏‎.‎

‏ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު ބިލިއަން ‏‏ކިލޯގްރާމުގެ ކޮފީ ބޭނުންކުރާ ކަމަށް ދިރާސާގައި ‏‏ބުނެފައި ވާއިރު، ކޮފީއަކީ ހަމައެކަނި ބުއިމެއްގެ ގޮތުގައި ‏‏ބޭނުންކުރާ އެއްޗެއް ނޫން ކަމާއި، އެއީ ސަގާފީ ގޮތުން ‏‏މުހިންމު އަދި ގިނަ ބަޔަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ‏‏ކަމަށްވެސް ފާހަގަކޮށްފައިވެއެވެ‏‎.‎

‏މި ދިރާސާއިން ދައްކައިދޭ ގޮތުގައި ކޮފީ ގިރަން ފެން އަޅާ އުސްމިނާއި ފެން ‏‏އަޅާ ގޮތް ބަދަލުކޮށްގެން ކޮފީ ތައްޔާރުކުރުމުގެ މުޅި ‏‏ޕްރޮސެސް ރަނގަޅުކުރެވިދާނެ އެވެ. މިގޮތަށް ރަނގަޅަށް ފެން އެޅުމުން ކޮފީ ޕައުޑަރު ރަނގަޅަށް ގިރި، ރަހަ ވެސް ރަނގަޅަށް ނުކުމެ ފެނާއެކުވާ ކަމަށް ދިރާސާއިން ‏‏ދައްކައެވެ.‏

‏ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ މާގޮޓް ޔަންގް ‏‏ބުނީ މަދުން، މަޑުމަޑުން ތިކިތިއްކަށް ވާގޮތަށް ފެން ‏‏އެޅުމުން ކޮފީ ޕައުޑަރު ރަނގަޅަށް ނޭނބުރޭ ކަމަށެވެ. ‏‏މިގޮތަށް ފެން އެޅުމުން ކޮފީގެ ރަހަ ރަނގަޅަށް ނުނެރެވޭނެ ‏‏އެވެ.

ދިރާސާވެރިން ދޭ ލަފައަކީ މިކަން ގޭގައި ތިބެގެން ތަޖުރިބާކޮށްލުމެވެ. މި ދިރާސާ ޝާއިޢުކޮށްފައިވަނީ "ފިޒިކްސް އޮފް ފްލުއިޑްސް" މަޖައްލާގައެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ލަ

16 days ago

ކޮފީގެ ރަހަ ތަފާތުވިޔޭ ކިޔާފައި ކެފެއިން ގިނަވޭބާ؟ އަނެއްކާ ވެސް ކެފެއިން އަލާ ނުފިލީމާ އަނެއް ތަށި ބޯނީދޯ؟ ނާ ރަހަ ރަނގަޅުވެދާނެ!