9 އޭޕްރީލް 2025 - 14:41 0
9 އޭޕްރީލް 2025 - 14:41 0
އިންޑިއާގެ ޗެންނާއިގައި ކުރިއަށްދިޔަ، ސާބާ ކްލަބް ޗެމްޕިއަންޝިޕު ފިރިހެން ޑިވިޝަން މުބާރާތުގެ ޗެމްޕިއަންކަން ފުރިހަމަ ރެކޯޑަކާ އެކު ޓަމިލް ނާޑޫ އިން ހޯދިއިރު، ރާއްޖޭން ވާދަކުރި ޓީރެކްސް ބާސްކެޓްބޯލްް ކްލަބް ހަތަރު ވަނައިގައި ނިންމާލައިފި އެވެ.
މި މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި އިންޑިއާގެ އިތުރުން، ބޫޓާން، ނޭޕާލް، ސްރީލަންކާ އަދި ޕާކިސްތާންގެ ޓީމުތަކެވެ.
ޓަމިލް ނާޑޫ އިން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެެވެ. އެ ޓީމު ފަހު މެޗުގައި ޓީރެކްސް ބަލިކުރީ، 106-49 އިންނެވެ. އޭގެ ކުރިން، ބޫޓާންގެ ތިމްޕޫ މެޖިކްސް އަތުން 107-41 އިން، ލަންކާގެ ކޮލަމްބޯ ބީސީ އަތުން 110-54 އިިން އަދި ނޭޕާލުގެ ޓައިމްސް ބީސީ އަތުން ވަނީ 118-44 އިން މޮޅުވެފަ އެެވެ.
މި މުބާރާތުގެ ޗެމްޕިއަންގެ ހައިސިއްޔަތުން، ޓަމިލް ނާޑޫ އަށް ވަނީ ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގު ބާސްކެޓްބޯލް މުބާރާތުން ފުރުސަތު ލިބިފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި، ޓަމިލް ނާޑޫ ކުޅޭނީ، ކުޅެން ޖެހޭނީ ދުބާއީގެ ޝަބާބް އަލް އަހްލީއާ ދެކޮޅަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީރެކްސް އިން ފުރަތަމަ މެޗުގައި ނުކުތީ ތިމްޕޫ މެޖިކްސްއާ ދެކޮޅަށެވެ. މި މެޗު ޓީރެކްސް އިން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ލީޑަކާއެކު 71-47 ޕޮއިންޓުންނެވެ. އެކަމަކު ދެވަނަ މެޗުގައި ސްރީ ލަންކާގެ ކޮލަމްބޯ ބީސީ އަތުން ފަސް ޕޮއިންޓްގެ ހަނި ތަފާތަކުން ޓީރެކްސް ވަނީ ބަލިވެފަ އެވެ. މި މެޗު ކޮލަމްބޯ ބީސީ އިން ކާމިޔާބުކުރީ 79-74 ޕޮއިންޓް އިންނެވެ. އަދި ތިންވަނަ މެޗުގައި ބޫޓާންގެ ޓައިމްސް ކްލަބް އަތުންވެސް ޓީރެކްސް ވަނީ ބަލިވެފަ އެވެ. މި މެޗު ޓައިމްސް އިން ކާމިޔާބުކުރީ 67-59 ޕޮއިންޓުންނެވެ.
މުބާރާތުގައި ޓީރެކްސް އަށް ވުރެ ފަހަތުން ނިންމީ ބޫޓާންގެ ތިމްޕޫ މެޖިކްސް އެވެ. އަދި، ކޮލަމްބޯ އާއި ޓައިމްސް ވަނީ ޓީރެކްސް އަށް ވުރެ ކުރިން ނިންމައިފަ އެވެ.
ޓީރެކްސް ޓީމާ އެކު، މި މުބާރާތުގައި ރަނގަޅު ކޯޗިން ޓީމެއް މަސައްކަތްކުރި އެވެ. އެ ގޮތުން، ޓީރެކްސްގެ ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް)ގެ އެހީތެރިންގެ ގޮތުގައި، ގައުމީ އަންހެން ބާސްކެޓްބޯލް ޓީމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ، ގުރެއިޝް އަފްރާހު (ގުރޭ)ގެ އިތުރުން، ރާއްޖޭގެ ވޮލީ އަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދިން، ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލް ވެސް ހަރަކާތްތެރިވި އެވެ.
Comment