ސާބާ ކްލަބް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރަނީ ޓީރެކްސް

26 މާރިޗު 2025 - 11:07 0


ސާބާ ކްލަބް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރަނީ ޓީރެކްސް

26 މާރިޗު 2025 - 11:07 0

އަންނަ މަހު އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ކްލަބް ޗެމްޕިއަންޝިޕު ފިރިގެން ޑިވިޝަން މުބާރާތުގައި ރާއްޖޭގެ ޓީރެކްސް ބާސްކެޓްބޯލް ކްލަބް ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ އޭޕްރީލް 2 އިން 7 އަށެވެ. މި މުބާރާތުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ، ބޫޓާން، ނޭޕާލް، ސްރީލަންކާ އަދި ޕާކިސްތާންގެ ޓީމުތަކެވެ.

ޓީރެކްސް އަކީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު އެ ޓީމަކީ އެންމެ ފޯމުގައި އޮތް ޓީމު ވެސް މެ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީރެކްސް އިން އަންނަ މަހުގެ ދެ ވަނަ ދުވަހު ނުކުންނާނީ ޓިމްޕޫ މެޖިކްސްއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ ތިން ވަނަ ދުވަހު ދެ ވަނަ މެޗުގައި ސްރީލަންކާގެ ކޮލަމްބޯ ބީސީއާ ދެކޮޅަށް ނުކުންނައިރު، ހަތަރު ވަނަ ދުވަހު ނުކުންނާނީ ނޭޕާލްގެ ޓައިމްސް ބީސީއާ ދެކޮޅަށް ކުޅޭށެވެ.

އަދި ފަސް ވަނަ މެޗުގައި ޓީރެކްސް އިން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާގެ ކްލަބް ޓެމިލް ނާޑޫއާ ދެކޮޅަށެވެ. މުބާރާތުގެ ފަހު މެޗުގައި ރާއްޖެ އިން ނުކުންނާނީ ޕާކިސްތާންގެ އައިއެސްބީ ޕެންތާސްއާ ދެކޮޅަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގު ބާސްކެޓްބޯލް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެ ފައިނަލުގައި، މި މުބާރާތުގެ ޗެމްޕިއަން ޓީމުން ކުޅެން ޖެހޭނީ ދުބާއީގެ ޝަބާބް އަލް އަހްލީއާ ދެކޮޅަށެވެ.