Advertisement

ގޫގުލްގެ "ހެލްޕް މީ ރައިޓް" ޓޫލް އިތުރު ބަސްތަކަށް ފުޅާކޮށްފި

9 އޭޕްރީލް 2025 - 14:42 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

މިހާރު މި ޓޫލް ޖުމުލަ 8 ބަހަކުންބޭނުންކުރެވޭނެ --


ގޫގުލްގެ "ހެލްޕް މީ ރައިޓް" ޓޫލް އިތުރު ބަސްތަކަށް ފުޅާކޮށްފި

9 އޭޕްރީލް 2025 - 14:42 0

ގޫގުލްއިން އެ ކުންފުނީގެ ޖީމެއިލް ސަރވިސްގައި ބޭނުންކުރާ ޖެމިނައި އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް ލިޔުމަށް އެހީވެދޭ "ހެލްޕް މީ ރައިޓް" ޓޫލް އިތުރު ބަސްތަކަށް ފުޅާކޮށްފި އެވެ. މި ބަދަލާއެކު މިހާރު މި ޓޫލް ޖުމުލަ 8 ބަހަކުން ބޭނުންކުރެވޭނެ އެވެ.

ގޫގުލްއިން މިކަން އިއުލާނުކޮށްފައިވަނީ ހޯމަ ދުވަހު އެވެ. މި ބަދަލާއެކު އެ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ނޫން ބަޔަކަށްވެސް މި ޓޫލް ބޭނުންކޮށްގެން އީމެއިލް ޑްރާފްޓްކޮށް، އިސްލާހުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޓޫލް ފުރަތަމަ ތައާރަފުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ގޫގުލް އައިއޯ އިވެންޓުގަ އެވެ. މި ޓޫލް ބޭނުންކޮށްގެން އާންމު ބަހުރުވައިން ދޭ އިރުޝާދަކާ އެއްގޮތަށް އީމެއިލް ޑްރާފްޓް ކުރެވޭނެ އެވެ. ކުރިން ލިޔެފައިވާ އީމެއިލްއެއް އިތުރަށް ރަނގަޅުކޮށް، ވަކި ކަހަލަ ޓޯނެއްގައި ލިޔުމަށް ވެސް މި ޓޫލް ބޭނުންކުރެވޭނެ އެވެ.

ގޫގުލްއިން ވޯކްސްޕޭސް އަޕްޑޭޓެއްގެ ގޮތުގައި ނެރެފައިވާ މި އައު ފީޗާއާއެކު "ހެލްޕް މީ ރައިޓް" ޓޫލް މިހާރު ޖަޕާނީސް އަދި ކޮރެއަން ބަހުން ވެސް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މީގެ ކުރިން މި ޓޫލް ބޭނުންކުރަމުން އައީ އިނގިރޭސި، ޕޯޗުގީޒް އަދި ސްޕެނިޝް ބަހުންނެވެ. އަދި ފާއިތުވި މަހު ފްރެންޗް، ޖަރުމަން އަދި އިޓަލިއަން ބަސްތަކަށްވެސް މި ޓޫލް ތައާރަފުކޮށްފައި ވެއެވެ.

"ހެލްޕް މީ ރައިޓް" ޓޫލް ހިންގަނީ ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްތަކުންނެވެ. މި ޓޫލް ވެބް ކްލައެންޓް އަދި މޮބައިލް އެޕްތަކުގައި ފެންނާނީ އިންޓަފޭސްގެ މަތީގައި ޖެމިނައިގެ ނިޝާނަކަށް ވެފައިވާ ސްޕާކްލް އައިކަނެއްގެ ގޮތުގައެވެ. މި އައިކަން ޓެޕްކޮށްގެން ބޭނުންވާ މެސެޖެއްގެ ތަފްސީލު ދިނުމުން އޭއައިއިން އީމެއިލްގެ ފުރިހަމަ ލިޔުން އުފައްދައިދޭނެއެވެ. މީގެ އިތުރުން މެސެޖުގެ ޓޯން، ބޭނުންކުރަން ބޭނުންވާ ބަސްތައް އަދި ދިގުމިން ފަދަ ކަންކަން ބަޔާންކުރުމުން އެގޮތަށް ޖެމިނައިއިން މެސެޖު އުފައްދައިދޭނެއެވެ.

އަލުން އީމެއިލްއެއް ލިޔުމުގެ އިތުރުން، ކުރިން ލިޔެފައިވާ އީމެއިލެއް އިސްލާހުކުރުމަށްވެސް މި ޓޫލް ބޭނުންކުރެވޭނެއެވެ. މިގޮތުން ޑްރާފްޓްގެ ޓޯން ބަދަލުކުރުމާއި، މެސެޖު އިތުރަށް ތަފްސީލުކުރުމާއި، ނުވަތަ ކުރުކޮށްލުމަށް މި ޓޫލް ބޭނުންކުރެވޭނެއެވެ.

ޖެމިނައި އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށްވެސް މިކަންކަން ކުރެވޭނެ ނަމަވެސް، ޖީމެއިލްގައި މި ޓޫލް އިންޓަގްރޭޓްކޮށްފައި ވުމުން ޔޫޒަރުންނަށް ޖީމެއިލް ދޫކޮށް އެހެން ޕްލެޓްފޯމަކަށް ދިއުމަކާ ނުލައި މި މަސައްކަތްތައް ކުރެވޭނެއެވެ.