6 އޭޕްރީލް 2025 - 01:27 0
6 އޭޕްރީލް 2025 - 01:27 0
ލިވަޕޫލް (އޭޕްރީލް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެ، އާސެނަލުން ލީގުގެ ރޭހުގައި ދެމި އޮތުމަށް ކުރާ މަސައްކަތުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެވަނައިގައި އޮތް އާސެނަލްއާ ދެމެދު މިހާރު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލް ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެ 73 ޕޮއިންޓާ އެކު ގަ އެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް 31 މެޗުން ލިބެނީ 62 ޕޮއިންޓް އެވެ.
ރަށުން ބޭރުގައި އާސެނަލް އިން ކުޅުނު މި މެޗުގެ 34 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުން އާސެނަލުން ލީޑު ނެގި އެވެ. މިއީ، ރަހީމް ސްޓާލިންގްގެ އެހީތެރިކަމާ އެކު ޓްރޮސާޑް ޖެހި ގޯލެކެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އެވަޓަން އިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިލްމަން އެންޑިއާއޭ އެވެ.
މީގެ އިތުރުން ރޭ ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އިން 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގްނެނެވ. އަދި އެސްޓަން ވިލާއިން ވަނީ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment