5 އޭޕްރީލް 2025 - 14:03 3
އަހުމަދު އާއިދު
ރައީސް މުއިއްޒު ލީޑްސްގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
5 އޭޕްރީލް 2025 - 14:03 3
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ވީޑިއޯއިން އެމަނިކުފާނުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު ނުފެންނަ ގޮތަށް އެޑިޓްކޮށް ރައީސް އޮފީހުން ޕޯސްޓުކޮށްފި އެވެ.
ރައީސް މުއިއްޒު ލީޑްސްގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވީ އިއްޔެ އެވެ. ދަރިކަނބަލުން ޔާސްމީން ތައުލީމު ހާސިލްކުރައްވަނީ ލީޑްސް ޔުނިވަސިޓީންނެވެ.
މި ބައްދަލުވުމުގެ ވީޑިއޯއެއް ރައީސް އޮފީހުން ފުރަތަމަ ޕޯސްޓުކުރީ ރޭ 10:28 ގަ އެވެ. އެ ޕޯސްޓު ފަހުން ވަނީ ޑިލީޓުކޮށްފަ އެވެ. ނަމަވެސް ބައެއް އެކައުންޓުތަކުން އެ ޕޯސްޓުގައި ހިމެނޭ ވީޑިއޯ ސްކްރީން ރެކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އެ ވީޑިއޯއިން ދެ ފަހަރެއްގެ މަތިން ރައީސް މުއިއްޒުގެ ދަރިކަނބަލުން ފެނެ އެވެ.
ވީޑިއޯ އެޑިޓު ކުރުމަށްފަހު ރައީސް އޮފީހުން ދެވަނަ ފަހަރަށް ޕޯސްޓުކުރީ ރޭ ދަންވަރު 2:08 ގަ އެވެ. އެޑިޓުކޮށް އުނިކޮށްފައިވަނީ ރައީސް މުއިއްޒުގެ ދަރިކަނބަލުން ފެންނަ މަންޒަރުތަކެވެ.
ރައީސް އޮފީހުން ދަރިވަރުންނާއެކު ރައީސް މުއިއްޒު ބައްދަލުކުރި ވީޑިއޯ އެޑިޓުކޮށް އެމަނިކުފާނުގެ ދަރިކަނބަލުންގެ މަންޒަރުތައް އުނިކޮށްފައި މިވަނީ ހަމަ މި ދަތުރުގެ ތެރެއިން ލިވަޕޫލުގައި ދިރިއުޅޭ ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ދަރިކަނބަލުން ބައިވެރިވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ރައީސަށް ފާޑުކިޔާފައިވެ އެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވީ މިއަދު އެވެ. އެޕްރީލް 1، ގައި ފެށްޓެވި މި ދަތުރުގައި ރައީސް ވަނީ ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރު އަދި އެ ޓީމުގެ ރަސްމީ ދަނޑު އެންފީލްޑަށް ވަޑައިގެންފަ އެވެ.
މި ދަތުރުގައި ރައީސް ވަނީ ލިވަޕޫލް، އަދި ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ޔުނިވަސިޓީ އޮފް ލީޑްސްގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކައިރިކައިރިން
2 days ago
ދަރިންނަށް ޓަކައި ދައުލަތުގެ ޚަޒާނާ ނަހަމަ ގޮތުގައި ބޭނުން ނުކުރާ ނަމަ އެ ވާހަކައެއް ނުދައްކާނެ. އަޑަފި
އަޑަފި
3 days ago
ދަރިންނާ ނުބެހި، ނޫސްވެރިކަމާ ސިޔާސީ ކަންކަން ނުކުރެވޭނަމަ، މިސްކިތައް އަރާ ގުރުއާން ކިޔަވަން އިންނެވުން އެދެން.
އެންމެންގެ އެދުރުދައިތަ
1 day ago
މީދެން ކާކުތަ އެހެންމީހުންނަށް ޤުރުއާން ކިޔަވަން ނަސޭހަތްތެރިވާން. ކަލޭ މިތާ ދޮގުވާހަކަ ނުފަތުރާ ދޭބަލަ އަމިއްލަ ނަސޭހަތަށް ބޯލަނބަން. ކަލޭ ކަހަލަ މީހުންނާ ހެދި މިޤައުމު ފަސްފިޔަވަޅު ފަހަތަށް ދަނީ....
Comment