އިންޑިއާއިން ލަންކާއަށް ދީފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ހިލޭ އެހީއަށް ބަދަލުކޮށް ބާކީ ހުރި ލޯނުތަކުގެ އިންޓްރެސްޓު ދަށްކޮށްފި

5 އޭޕްރީލް 2025 - 11:15 3

އަހުމަދު އާއިދު

އ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އާއެކު -- ފޮޓޯ: ސޯޝަލް މީޑިއާ


އިންޑިއާއިން ލަންކާއަށް ދީފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ހިލޭ އެހީއަށް ބަދަލުކޮށް ބާކީ ހުރި ލޯނުތަކުގެ އިންޓްރެސްޓު ދަށްކޮށްފި

5 އޭޕްރީލް 2025 - 11:15 3

އިންޑިއާ އިން ސްރީލަންކާއަށް ދޫކޮށްފައިވާ ލޯނުތަކެއް ހިލޭ އެހީއަށް ބަދަލުކޮށް އިތުރު ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ދަށްކޮށްދޭން ނިންމައިފި އެވެ.

މިކަން އިއުލާނުކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އާއެކު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގަ އެވެ.

މޯދީ ވިދާޅުވީ، އިންޑިއާއިން ހިލޭ އެހީއަށް ބަދަލުކުރަން ނިންމާފައިވަނީ ޖުމްލަ 100 މިލިއަން ޑޮލަރަށްވާ ލޯނުތަކެއް ކަމަށެވެ. އަދި، ދެން ހުރި ލޯނުތަަކުގެ އިންޓްރެސްޓު ދަށްކުރަން ނިންމާފައިވާކަން ވެސް މޯދީ އިއުލާނުކުރެއްވި އެވެ.

"ދަރަނި ރީސްޓްރަކްޗާ ކުރަން ހެދޭ އެއްބަސްވުމުގެ ދަށުން ވަގުތުން ވަގުތަށް ލަންކާގެ ދަރަނީގެ މައްސަލައަށް ލުއި ލިބިގެންދާނެ. ދެން ހުރި ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ވެސް ދަށްކުރަން އިންޑިއާއިން ވަނީ ނިންމައިފަ،" މޯދީ ވިދާޅުވި އެވެ.

މީގެއިތުރުން، އިންޑިއާގެ ނެއިބަހޫޑް ފަސްޓު ޕޮލިސީގައި ލަންކާގެ ދައުރު ބޮޑު ކަމަށާއި އެ ގައުމަކީ އިންޑިއާއާ ވަރަށް ގާތް، އެހާމެ އެކުވެރި ގައުމެއްކަން މޯދީ ވަނީ ފާހަގަކުރައްވައިފަ އެވެ.

އިންޑިއާއިން ލަންކާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެ، މޯދީ ވަނީ 2019 ގައި ކޮލަމްބޯގައި ދިން ޓެރަރިސްޓު ހަމަލާތަކާއި ކޮވިޑު 19 ގެ އިތުރުން 2022 ގައި އެ ގައުމު ބަނގުރޫޓުވުމުގެ ސަބަބުން އައި ލޮޅުންތަކުގައި އިންޑިއާއިން ދިން އެހީތެރިކަން ހަނދާން އައު ކުރައްވައިފަ އެވެ.

މިއަދު ޕްރެސް ބްރީފިންގައި ލަންކާގެ ރައީސް އަނޫރާ ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އިންޑިއާއިން އެއްބަސްވާން ނިންމުމުން އެކަމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެ ގައުމުން ލަންކާއަށް މެދުނުކެނޑި ދެމުންދާ އެހީތަކަށް ވެސް އަނޫރާ ޝުކުރު އަދާކުރެއްވި އެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

3 days ago

އިބޫ އިންޑިއާއިން ހިލޭ އެހީގެ ނަމުގައި ނެގި ދަރަނި އަދިވެސް އޮތީ ދަރަނީގެ ލިސްޓުގައި.

ދޯދި

2 days ago

ހިލޭ އެހީއެއް ދަރަންޏަކަށް ނުވާނެ، މިހާތަށް އެންމެ ގިނަ ކަންކަން، ހިލޭ އެހީ ދީފައިވަނީ އިންޑިޔާ، ދެން ޖަޕާނުން.


އައުޓު

2 days ago

އިންޑިޔާ އައުޓު ސަރުކާރަށް އެއްކަމެއް ނުކޮށްދޭނެ.