5 އޭޕްރީލް 2025 - 07:18 0
މުހައްމަދު ޝަހްޒާން
5 އޭޕްރީލް 2025 - 07:18 0
އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އުޒްބެކިސްތާނަށް މިއަދު ފުރާވަޑައިގެންފި އެވެ.
އުޒްބެކިސްތާނުގެ ތަކްޝެންގައި މިއަދު ފަށާ އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ފަސް މެންބަރުން ވަޑައިގެންނެވި އެވެ.
އަބްދުއްރަހީމް އާއެކު އުޒްބެކިސްތާނަށް ފުރާ ވަޑައިގެންނެވީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް އާއި މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު އާއި ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު، އަބްދުالله ރިފާއު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސައިން އިމްރާން ލަތީފް އެވެ.
މި މަހު 9، ގެ ނިޔަލަށް ކުރިއަށް ދާ އައިޕީޔޫގެ އެސެމްބްލީގައި އައިޕީޔޫގެ ގަވާނިން ކައުންސިލް އާއި ސްޓޭންޑިން ކޮމިޓީތަކުގެ އިތުރުން މަޖިލިސްތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީތަކުން ބައިވެރިވާނެ އެވެ.
އައިޕީޔޫގެ މި އަހަރުގެ އެސެމްބްލީގައި ރަސްމީކޮށް ބަހުސް ކުރުމަށް ނިންމާފައިވާ މައުލޫއު އަކީ ޕާލަމެންޓްރީ އެކްޝަން ފޯ ސޯޝަލް ޑިވެލޮޕްމެންޓް އެންޑް ޖަސްޓިސް އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment