ހުޅުމާލޭގައި ޕިކްނިކް ހަދަން އެޗްޑީސީން ހުއްދަ ނަގަން ޖެހޭކަމުގެ ޝަކުވާތަކެއް

5 އޭޕްރީލް 2025 - 06:55 1

އަހުމަދު އާއިދު

އ

ހުޅުމާލެ ގޮނޑުދޮށުގައި ފަތުރުވެރިޔަކު މަޑުކޮށްލައިގެން: ހުޅުމާލޭގައި ޕިކްނިކް ހަދަން އެޗްޑީސީން ހުއްދަ ނަގަން ޖެހޭކަމުގެ ޝަކުވާތަކެއް ވަނީ އާންމުވެފަ --- ފޮޓޯ: އަދަދު


ހުޅުމާލޭގައި ޕިކްނިކް ހަދަން އެޗްޑީސީން ހުއްދަ ނަގަން ޖެހޭކަމުގެ ޝަކުވާތަކެއް

5 އޭޕްރީލް 2025 - 06:55 1

ހުޅުމާލެ ސެންޓްރަލް ޕާކާއި ގޮނޑުދޮށް ފަދަ ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނަގަން ޖެހޭ ކަމުގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށައިފި އެވެ.

ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކެއްގައި ބުނެފައިވާ ގޮތުން، ސެންޓްރަލް ޕާކުގައި ޕިކްނިކް ހެދުމަށް ގޮސް ތިބި ބަޔަކަށް ހުއްދަނެތި އެކަން ނުކުރެވޭނެ ކަަމަށް އެޗްޑީސީގެ އޮފިޝަލުންތަކެއް ވަނީ އަންގާފަ އެވެ.

އެ ގޮތުން، ސެންޓްރަލް ޕާކުގައި ޕިކްނިކް ހަދަމުންދިޔަ ބަޔަކަށް ހުރަސްއަޅާ ހުއްދަ ނެތި އެކަން ނުކުރެވޭނެ ކަމަށް އެޗްޑީސީގެ ތިން މުވައްޒަފަކު އެންގި ކަމަށް ބުނެ ޕިކްނިކްގެ ބައިވެރިޔަކު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

އެޗްޑީސީގެ މުވައްޒަފުންނާ ހަވާލާދީ އޭނާ ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ސަރަހައްދުތަކުގައި ޕިކްނިކް ހެދޭނީ ކުރިއާލާ އެޗްޑީސީއަށް މެއިލްކޮށް ހުއްދަ ލިބިގެން ކަމަށެވެ. މިކަމާ ގުޅޭ އެއްވެސް އުސޫލެއް އެޗްޑީސީން އާންމުކޮށްފައެއް ނުވެ އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ލިބޭ ގޮތް ވެސް ވަނީ ނުވެފަ އެވެ.

ހުޅުމާލޭގެ ގޮނޑުދޮށާއި ޕާކުތައް އަދި ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ދެމެދު ކަނޑާފައި އޮންނަ ކޯރުގެ ދެ ފަރާތުގައި ފޮތިގަނޑު އަޅައިގެން ޕިކްނިކް ހެދުމަކީ އާންމު ކަމެކެވެ. ނިމިދިޔަ ރޯދަ މަހު އެކަން ވަރަށް ބޮޑަށް އިތުރުވި އެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިކަމަކީ ޕިކްނިކް ދާ ފަރާތްތަކުން ކުނިއެޅުން މަދުކުރަން ކުރާ ކަމެއް ނަމަ އެކަމަށް ތާއީދު ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ ކުނިއެޅުމުގެ މައްސަލަ ހައްލު ކުރުމަކީ މިހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރާނެ އެހެން ގޮތްގޮތް ވެސް ހުންނާނެ ކަމަށް ބުނެފަ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


އެޗް

3 days ago

ކުނި އަޅަން އެކަށީގެންވާ ވަރަށް ޑަސްޕިން ބެހެއްޓުމަކީ އެޗުޑީސީގެ ކަމެއް!!! އެކަމު އެކަން ނުކޮއް ފުލުހުން ހެން އާއްމުން ފަހާ.