5 އޭޕްރީލް 2025 - 04:36 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
5 އޭޕްރީލް 2025 - 04:36 1
ސަރުކާރުގެ ލޯނުގައި އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަމައަށް ވެސް ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ގައުމުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށާއި އެކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓްރީއަށް ފޮނުވާ އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވުމަކީ އެންމެ ގިނައިން ލިބިފައިވާ ޝަކުވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝަންޓު ކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބު ދިނުމާއި، އަވަހަށް، އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމާ ކަންކަން ރަނގަޅު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ކިޔަވާ ކުދިންނަށް ސަރުކާރުން ޖަވާބު ނުދިނުމާއި އެ ކުދިންނަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަން މީގެ އަހަރުތަކެއް ކުރިން އެމަނިކުފާނު ތަޖުރިބާ ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއީ ވަކި އިނގިރޭސިވިލާތަކު ނޫން. ހުރިހާ ގައުމެއްގަ ކިޔަވާ ހުރިހާ ކުދިންނަށް ހަމަ އިރާދަކުރެއްވިއްޔާ މިގޮތަށް މިކަންކަމުގެ ހަމަ އެއްހަމައަކުން ސަމާލުކަން ދީގެން ކޮށްދޭނަން" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ކަންކާއި ޝަކުވާތަކާއި އީމެއިލްތަކަށް ޖަވާބު ނުދޭތީވެ، ވޭތުވެދިޔަ މަހެއްހާ ދުވަހު ސޯޝަލް މީޑިއާގައި އެތައް ދަރިވަރުންނެއް އަދި ދަރިވަރުންގެ އާއިލާތަކުން ޝަކުވާ ކޮށްފައި ވަނިކޮށެވެ.
ސްޓޫޑެންޓް ލޯނުގެ ދަށުން އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެ ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އާ ރަސްމީކޮށް ސުވާލު ވެސް ކޮށްފަ އެވެ.
މި ޝަކުވާތައް ފެންމަތިވެފައި ވަނިކޮށް، މާޗު 28، ގައި ރައީސް މުއިއްޒު ވަނީ ސްޓޫޑެންޓު ލޯނުން ނަގަމުން އައި އެއް ޕަސެންޓުގެ އެޑްމިނިސްޓްރޭޝަން ފީ އުވާލައިފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
3 days ago
ތިކުދިން 2 މަހެއްވަރުފަހުން ދެން މުއިއްޒު އަޅާނުލިވާހަކަ ލިޔަނ މަޑުކުރޭ، ހަރާން ތިއަ އެއްވެސް މުއައްސަސާ އަކުން ލިބޭނެ އެއްވެސް ފަސޭހައެއް، ލިބުނިއްޔާ ލިބޭނީ އިތުރު ބިލެއް، ފައިސާދައްކަން،
Comment