އެމްޓީސީސީގައި ބޭނުންކުރާ މަހާޖައްރާފު -- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފު ރިސޯޓެއް ހިންގަމުންދާ ކ. ވާދޫ ފަރަށް އަރައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަހާޖައްރާފު ވާދޫ ފަރަށް އެރީ ދިޔަވަރު ހިކިފައި އޮއްވާ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދަދު އަށް ވިދާޅުވީ ދިޔަވަރު ހިކުނު ގަޑީގައި މަހާޖައްރާފު ފަރުމައްޗަށް ބީހުނީ ކަމަށާއި ނަމަވެސް ދިޔަވަރު ބޮޑުވި ގަޑީގައި އޭތި މިހާރު ފުންކޮށްފައިވާ ކަމަށެވެ.
"މިހާރު އޭތި ފުންވެއްޖެ ދިޔަވަރު ބޮޑުވި ގަޑިއަށް ހަވީރު. ބީހުނީ އަސްލު. އެހެންވެ މަޑުކޮށްލައިގެން ތިބީ ދިޔަވަރު ބޮޑުވަންދެން،" އޭނާ ވިދާޅުވި އެވެ.
މަހާޖައްރާފުއަކީ އިންޝުއާ ކޮށްފައި އޮތް އުޅަނދެއްކަން ފާހަގަކުރައްވާ ސައުދީ ވިދާޅުވީ އެއަށް ލިބުނު ގެއްލުން އިންސްޕެކްޓް ކުރަމުންދާ ކަމަށެވެ.
މަހާޖައްރާފް ބޭނުންކޮށްގެން ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.
Comment