މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓަށް

3 އޭޕްރީލް 2025 - 17:02 2

މާމިގިލީގައި ހުންނަ ކަނދިލި މިސްކިތް: މިއީ ހިރިގަލުން ހަދާފައިވާ ދުވަސްވީ މިސްކިތެއް -- ފޮޓޯ: ހެރިޓޭޖު މިނިސްޓްރީ


މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓަށް

3 އޭޕްރީލް 2025 - 17:02 2

އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ހެރިޓޭޖު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި މިއީ ވަރަށް މަތީ ފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތެއް ފެންނަ މިސްކިތެކެވެ. އަދި މި މިސްކިތުގައި ގަލު ވަޑާމަކީ ތަފާތު މަސައްކަތްތަކެއް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމެނީ މާމިގިލީ ކައުންސިލުގެ އެދުމުގެ މަތިން، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި އެ ކައުންސިލުގެ ރައީސް އިމާދު ފާރޫގާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހެރިޓޭޖު މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި 400 އެއްހާ ތަރިކަ އެބަހުއްޓެވެ. އަދި ފަސްޖެހި، ބިމު އަޑީގައި ވަޅުލެވިފައިވާ ތަރިކަތައް ހިމަނައިގެން ހުރި ތަރިކައިގެ އަދަދު 2000 އާ ގާތްކުރާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި ހުރި ތަރިކަތަކުގެ ތެރެއިން ވެސް ހިރިގަލު މިސްކިތްތަކަކީ، ވަރަށް ހާއްސަ ތަރިކަތަކެވެ. މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރުވަން މަސައްކަތް ކުރާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. މި މަސައްކަތުގެ ދަށުން ހުކުރު މިސްކިތް ހިމެނޭހެން، ހިރިގަލުން ހަދާފައިވާ ހަތް މިސްކިތެއް ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނައިފަ އެވެ.

ނަމަވެސް މިއަދާ ހަމައަށް އެއްވެސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ނުހިމަނަ އެވެ. މިކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ މިސްކިތްތައް ހިމާޔަތްކުރުމަށް ބޭނުންވާ ޖާގަ ނެތުމެވެ. ޔުނެސްކޯގެ ތަރިކައިގެ މިންގަނޑުތައް އޮންނަ ގޮތުން ހިމާޔަތްކުރާ ސަރަހައްދުގެ ވަށައިގެން ވަކި ވަރެއްގެ ބިމެއް ބޭނުންވެ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސަރަންފީ

2 days ago

ޤާނޫނަކަށް، ޤަވާއިދަކަށް، އުޞޫލަކަށް ތަބާވުމެއް ނެތް ދެއްތޯ؟ ހަމަ ވަޒީރާ ކައުންސިލް ރައީސާ މަޝްވަރާކޮށްފަ ކުރީމަ ނިމުނީ؟ ޤާނޫނީ ގޮތުން ތިޔަ ލިސްޓުގައި (ދިވެހިރާއްޖޭގެ މާއްދީ ތަރިކައިގެ ދަފްތަރުގައި) ތަނެއް ހިމެނުމުގެ މަސައްކަތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މެންޑޭޓް. އެއީ ތަރިކަ ކޮމިޓީން ކުރާ ކަމެއް. އަޑުއިވޭ މަރުކަޒު އެކަހެރިކޮށްފަ މިހާރު އެތާންގެ މެންޑޭޓް ވަޒީރު އަންބޮޑިއަށް ލައިގެން އުޅޭ ވާހަކަ. އެއީ ތެދެއްތާ އެހެންވީމަ!

މަރީ

5 days ago

ތަނުގެ ފޮޓޯ ތަންކޮޅެއްގިނަކޮށްލާނަމަ، ކިޔާމީހާވެސް ޝައުގުވެރިވާނެ. މިއޮތްޒަމާނުގަ ކިހާފަސޭހަކަމެއް.