2 އޭޕްރީލް 2025 - 12:30 0
ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ރައީސް މުއިއްޒު ވަނީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް މީގެ ކުރިން ގެންގުޅެފައި -- ފޮޓޯ: ރައީސް އޮފީސް
2 އޭޕްރީލް 2025 - 12:30 0
ހިލަ، ހިލަވެލި އަދި ބައެއް ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރެވޭ އަދަދު އެ ގައުމުން މިއަދު އިތުރުކޮށް އެކަން އިއުލާނުކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ހާއްސަ އެދުމަކަށް ކޯޓާ އިތުރުކޮށްދިނީ ހިލަ، ހިލަވެލި، ކުކުޅު ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުންނެވެ.
މިއީ ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި 1981 ގައި އެކްސްޕޯޓް ކުރަން ފެށި ފަހުން ކޯޓާ މިހާ ބޮޑަށް އިތުރު ކުރި ފުރަތަމަ ފަހަރެވެ.
ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު 30 ޕަސެންޓަށެވެ. އެހެންކަމުން 1.3 މިލިއަން މެޓްރިކް ޓަނުގެ ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެ ކުރެވޭނެ އެވެ. މުގުގެ ކޯޓާ އިތުރު 56 ޕަސެންޓަށް އިތުރުކޮށްދިނެވެ. ބާކީ ހުރި ތަކެތީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު ފަސް ޕަސެންޓަށެވެ.
އިންޑިއާއިން ހަނޑޫ، ހަކުރު، ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް ދުވަސްވަރު ވެސް ހާއްސަަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކުރި އެވެ. އިންޑިއާއިން ބުނީ އެ ގައުމުން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަސް ތަރައްގީ ގެނައުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެން ތަންފީޒު ކުރައްވަމުން ގެންދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެކެވެ. އިންޑިއާގެ ބަދަލުގައި ގުޅުން ބަދަހި ކުރަން މަސައްކަތް ކުރީ ޗައިނާއާ އެވެ.
ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ދަށްވުމުން ގުޅުން ބަދަހި ކުރަން މަސައްކަތް ފެށި އެވެ. ފަހުން އިންޑިއާއަށް ވެސް ރައީސް ވަޑައިގެންނެވި އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment