Advertisement

ޓައިވާން ވަށާލައި އަސްކަރީ ތަމްރީނުތަކެއް ޗައިނާއިން ފަށައިފި

1 އޭޕްރީލް 2025 - 09:20 1


ޓައިވާން ވަށާލައި އަސްކަރީ ތަމްރީނުތަކެއް ޗައިނާއިން ފަށައިފި

1 އޭޕްރީލް 2025 - 09:20 1

ޓައިޕެއި، ޓައިވާން (އެޕްރީލް 1) - ޓައިވާން ވަށާލައި ކަނޑާއި ވައިގެ ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ޗައިނާއިން ފަށައިފި އެވެ.

""ކަނޑުމައްޗާއި ވައިގެ ކޮމްބެޓް ރެޑިނެސް ޕެޓްރޯލް ކުރުމާއި، ކޮންޓްރޯލް ހިފެހެއްޓުން، މެރިޓައިމް އަދި އެއްގަމު ޓާގެޓްތަކަށް ހަމަލާދިނުމާއި، މުހިންމު ސަރަހައްދުތަކާއި މަގުތަކުގައި ބްލޮކޭޑް ކޮންޓްރޯލް އެޅުން ފަދަ ކަންކަމަށް މި ތަމްރީނުތަކުގައި އަހަންމިއްޔަތުކަން ދޭނެ،" ޗައިނާގެ އީސްޓާން ތިއޭޓާ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓައިވާނުގެ ސަރުކާރުން މި ތަމްރީނުތައް ކުށްވެރިކޮށްފައިވާއިރު، އެ ގައުމުގެ ރައީސްގެ އޮފީހުން ބުނެފައިވަނީ ޗައިނާއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ގައުމެއްކަން ވަރަށް ބޮޑަށް ބަލައިގެންފައިވާ ގައުމެއް ކަމަށާއި، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ އިތުބާރާއި ގާބިލުކަން ޓައިވާނުގައި އެބަހުރި ކަމަށެވެ.

ޗައިނާގެ އަސްކަރީ 10 އަށްވުރެ ގިނަ އުޅަނދު ޓައިވާންގެ 24 ނޯޓިކަލް މޭލު (44 ކިލޯމީޓަރު) ގުޅިފައިވާ ސަރަހައްދާ ގާތަށް ޖެހިފައިވާ ކަމަށާއި، ޓައިވާނުން ރައްދު ދިނުމަށް އަމިއްލަ ހަނގުރާމަމަތީ އުޅަނދުތައް ފޮނުވާފައިވާ ކަމަށް އެ ގައުމުގެ އިސް ދެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

ޓައިވާނުގައި އަމިއްލަ ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ އެއީ އެ ގައުމާ ވަކިވެގެން އުޅޭ ޕްރޮވިންސެއް ކަމަށެވެ.