Advertisement

ސާންތި ކޯޗުގެ ތައުޒިޔާ ދަފްތަރު ހުޅުވާލައިފި

28 މާރިޗު 2025 - 06:29 0

އަތޫފް އާތިފް

އ

Advertisement


ސާންތި ކޯޗުގެ ތައުޒިޔާ ދަފްތަރު ހުޅުވާލައިފި

28 މާރިޗު 2025 - 06:29 0

Advertisement

ރާއްޖޭގެ ފުޓުބޯޅަ އަށް އަގުނުކުރެވޭނެ ހިދުމަތްތަކެއް ކޮށްދެއްވި އިހުސާން އަބްދުލް ގަނީ (ސާންތީ) ކޯޗު ނިޔާވުމާއި ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވާލައިފި އެވެ.

ސާންތީ ކޯޗު ނިޔާވީ ދެ އަހަރެއްހާ ދުވަހު ކެންސަރު ބައްޔަށް ފަރުވާކުރަމުން ދަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ. ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ވެސް ވަގުތު ވީ މިންވަރަކުން ފުޓްބޯޅައިގެ އެކި ކަންކަމުގައި މަސައްކަތްތަކެއް ކުރެއްވި އެވެ.

Advertisement

ސާންތި ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވާލުމަށް މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ސާންތީ ކޯޗުގެ އާއިލާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ސާންތީ ކޯޗުގެ އާއިލާ މެމްބަރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކުވެސް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ސާންތީ ކޯޗުގެ ތައުޒިޔާ ދަފްތަރު ހުޅުވާލާފައިވާއިރު، މާދަމާ އިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ދަފްތަރުގައި ޝުއޫރުފާޅުކުރުމުގެ ނޯޓު ލިޔުން ކުރިއަށްދާނީ ހެންވޭރު ދަނޑުގަ އެވެ.

Advertisement

އެ ގޮތުން ހެންވޭރު ދަނޑުގައި މާދަމާއިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ހަވީރު 16:00 އިން 17:45 އަށް ހުޅިވިފައިހުންނާނެ އެވެ.

ސާންތި ކޯޗުގެ ދަރިފުޅު އަދި މަންމައާއެކު ކޯޗު މޯހަން ވާހަކަ ދައްކާލަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު


އަދި އީދަށްފަހު އަންނަ މަހުގެ 6 - 10 އަށް ކޮންމެ ދުވަހެއްގެ ވެސް ހެންދުނު 10:00 އިން 14:00 އަށް ވެލާނާގޭގެ ތިންވަނަ ފަންގިފިލާގައި ހުޅުވިފައި ހުންނާނެ އެވެ.

ކޯޗިން ކެރިޔަރުގައި ސާންތީ ފާހަގަވެގެންދިޔައީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް ޒުވާން ކުޅުންތެރިން ފުޓުބޯޅަ އަށް ނެރެދޭ ކޯޗެއްގެ ގޮތުގަ އެވެ. އެ ގޮތުން، މި ވަގުތު އޮތް ސީނިއާ ގައުމީ ޓީމަށް ބެލި ކަމުގައި ވިޔަސް، ނިސްބަތުން ގިނައީ އީގަލްސް އާއި ޒުވާން ގައުމީ ޓީމުތަކުގައި ސާންތީއާ އެކު މަސައްކަތްކުރި ކުޅުންތެރިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ، އީގަލްސް ދޫކޮށްލީ 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް އަށް ޖާގަ ނުލިބި އެ ޓީމަށް އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބި ދިއުމުންނެވެ.

އެ ފަަހަރު، އީގަލްސްގެ ކޯޗުކަން ދޫކޮށް ސާންތީ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް މަގާމުގައި 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މަސައްކަތްކުރިއިރު، ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ.

ސާންތީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކްލަބް އޭދަފުށީގެ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް އަހަރު ފަހުން، ސާންތީ ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތް ފެށީ ޓްރެއިނިން ތެރޭގައި އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ފަހުން ސާންތީ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. ފަހުން ދެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ސާންތީގެ ކޯޗުކަމުގަ އެވެ. އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުން ސާންތީ ފެނުނީ އީގަލްސް ބެންޗުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކުރި ސާންތީ ވަނީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުޅުންތެރިން ޑިވެލޮޕްކުރުމުގެ އިތުރުން ކޯޗުން އުފެއްދުމަށް ވެސް ސާންތީ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.