27 މާރިޗު 2025 - 09:54 2
އަހުމަދު އާއިދު
ސްކޫލުން ރިޕޯޓުފޯމު ދިން ދުވަހެއްގައި ދަރިވަރަކު ބެލެނިވެރިޔަކާއެކު ދަނީ --- ފޮޓޯ: މުހައްމަދު ޝަހްޒާން
27 މާރިޗު 2025 - 09:54 2
ކޮންމެ އަހަރެއްގެ ރޯދަ މަހަކު ސްކޫލުތައް ބަންދުކުރެވޭނެ ގޮތެއް ހޯދޭތޯ ބަލަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިފަހަރު ސްކޫލުތައް މުޅި ރޯދަމަހަށް ބަންދުވީ ސަރުކާރުން އެގޮތަށް ނިންމައިގެން ނޫން ކަމަށާއި އެއީ ދިރާސީ ކަލަންޑަރާ ދިމާވުމުން ވީ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވާނީ މިހާރު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފަ ބައްލަވައިދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގަވެސް ރަމަޟާން މަސް. މުޅި ރޯދަމަސް ބަންދުކުރެވޭނެ ގޮތެއް ހަދަން،" ރައީސް ވިދާޅުވި އެވެ.
ރޯދަ މަސް ބަންދުކުރަން އެންގެވީ ދިރާސީ އަހަރުގެ ތެރޭ ކިޔަވައިދޭ ދުވަސްތައް ނުވަތަ ގަޑިތައް އެއްވެސް ވަރަކަށް ނުގެއްލޭނެހެން ކަމަށާއި އެ ގަޑިތައް ބަހާލާނީ އަހަރުގެ އެހެން ދުވަސްތަކުގެ ތެރެއަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބެލެނިވެރިންވެސް ވަރަށް ބޮޑަށް ބަލައިގަނޭ ސްކޫލު ބަންދުކުރީމަ. އިއްޔެވެސް އަޅުގަނޑާ ދިމާވި ބައެއް ބެލެނިވެރިން ވަރަށް އުފާވެފަ ތިއްބެވީ. ހަމަ އަޅުގަނޑަށް ފެންނަނީ ރަމަޟާން މަހަށް ދެވޭ ހާއްސަ ކަމެއް ގޮތުގަ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު 10 ބަންދުކުރަން ނިންމަވާފަ އެވެ.
ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް މުއިއްޒު މިކަން އިއުލާނުކޮށް ވެރިކަމުގައި މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢަނީލް
4 days ago
މިކަހަލަ ޕްރޮޖެކްޓް އެކަނިތަ ހިންގަން އެނގެނީ؟
ޞައްދާމު
4 days ago
ރޯދައެއްނޫން. އެހެން މަސަތަކުގައި ވެސް ނުފޮނުވޭގޮތް ހަދައިދީ
Comment