27 މާރިޗު 2025 - 03:07 0
27 މާރިޗު 2025 - 03:07 0
ސައޮ ޕައޮލޯ، ބްރެޒިލް (މާޗް 27) - ދާދި ފަހުން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމަށް އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތް، އެޑްނާލްޑޯ ރޮޑްރިގޭޒް، އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނަން މަސައްކަތް ފަށައިފި އެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ވާން ލިބިފައި އޮތް ފުރުސަތަށް ފުރަގަސްދީ، ރެއާލްގެ ކޯޗު، އަންޗެލޮޓީ އެ ކްލަބުގެ ކޮންޓުރެކްޓް އާ ކުރީ 2026 ވަނަ އަހަރު ޖޫންގެ ނިޔަލަށެވެ. އަންނަ ޖޫން މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕަށް ފަހު ރެއާލުން އަންެޗެލޮޓީގެ އެއްބަސްވުން އިތުރަށް އާ ކުރާނެތޯ ގޮތެއް ނިންމާނެ އެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ފާއިތުވި 60 އަހަރުގެ ތެރޭގައި ހަވާލުވާ ފުރަތަމަ ބިދޭސީ ކޯޗަކަށް ވުމަށް އަންޗެލޮޓީ އަށް ހުށަހަޅައި، އެކަމާ ގުޅޭގޮތުން ބްރެޒިލް ފެޑަރޭޝަންގެ ރައީސް، އެޑްނާލްޑޯ ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކުރި އެވެ. އަދި، އެ ދުވަސްވަރު، ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އަންޗެލޮޓީ އަނގަބަހުން އެއްބަވެސްވެފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެން ނަމަވެސް، ފަހުން ރެއާލްގައި އަންޗެލޮޓީ މަޑުކުރީ އެވެ.
ދާދި ފަހުން، ބޮޑު ތަފާތަކުން، ވާދަވެރި އާޖެންޓީނާ އަތުން ބްރެޒިލް ބަލިވުމުން އެ ޓީމުގެ ކޯޗު ޑޮރިވާލް ޖޫނިއާ މަގާމުން ދުރުކުރުމުގެ މަސައްކަތް ބްރެޒިލް ފެޑެރޭޝަންގެ ޓެކްނިކަލް ޓީމުން އަންނަނީ ކުރަމުންނެވެ. އެ ޓީމުން އާ ކޯޗެއް ނަގަން އެކުލަވާލި ޝޯޓްލިސްޓުގެ ކުރީގައި އޮތީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު، އަންޗެލޮޓީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment