26 މާރިޗު 2025 - 10:31 0
ލީވާން އަލީ ނާސިރު
ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން
26 މާރިޗު 2025 - 10:31 0
ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހުން ހައްޔަރުކޮށް، މިއަދު ކޯޓަށް ގެންދިޔުމުން ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.
ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ކޯޓުން ދޫކޮށްލީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ.
ފުލުހުން ބުނީ ވީއައިއޭގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް އިން އެ އިދާރާއަށް ހުށަހެޅީ އިއްޔެ ހެނދުނު 6:20 ހާއިރު ކަމަށެވެ.
ފުލުހަކު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެ, އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން އިއްޔެ ތަހުގީގު ކުރަން ފެށި އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުސް މީހާ އެ ސިނގިރޭޓުތައް ބޭރުކުރަން މަސައްކަތް ކުރީ ކަޅު ކޮތަޅަކަށް އަޅައިގެން, ޑިއުޓީ ފްރީގައި އުޅޭ މަސައްކަތް މީހުން ލައްވަ އެވެ.
ފުލުސް މީހާ އަތުލައިގަތްއިރު, ދެ ދުވަހެއްގެ މަތިން ސިނގިރޭޓުތައް ބޭރުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ އަތުލައިގަތީ 140 ކާޓޫނު ސިނގިރޭޓު ބޭނުންކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
މާލޭގައި ހުރި ބައެއް ބޮންޑަޑް ވެއާހައުސްތަކުން ވެސް ވަގަށް ސިނގިރޭޓުތަކެއް ބޭރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ކަސްޓަމްސްއިން ވަނީ 67.9 މިލިއަން ރުފިޔާގެ ޑިއުޓީ ނަގައިދޭން އެދި މައްސަލަ ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.
ވަގަށް ސިނގިރޭޓު ބޭރުކުރަން މަސައްކަތް ކުރުމުގެ އިތުރުން, މާލޭގައި އުފައްދައިގެން ވިއްކާ ސިނގިރޭޓުތަކެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި އަތުލައިގަނެވުނު 49,000 ސިނގިރޭޓު ނައްތާލާއި އެ ކަން ކުރި ކުންފުނި އުވާލަން ވަނީ ނިންމާފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment