27 މާރިޗު 2025 - 05:55 0
27 މާރިޗު 2025 - 05:55 0
މެޑްރިޑް، ސްޕެއިން (މާޗް 27) - ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ރައުލް އަސެންސިއޯގެ އެއްބަސްވުން އާކޮށް އޭނާ އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ނިންމައިފި އެވެ.
ރެއާލުގެ ބީ ޓީމުން މި ސީޒަނުގައި، ސީނިއާ ޓީމަށް އަސެންސިއޯ، 22، ޕްރޮމޯޓްކުރީ އެ ޓީމުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިލާން ޖެހުމުންނެވެ.
އަސެންސިއޯ ވަނީ މި ސީޒަނުގައި ރެއާލަށް ކުޅެދިން މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެއާ އެކު ރެއާލްގެ ސަޕޯޓަރުންގެ އިތުބާރު އޭނާ ހޯދި އެވެ. އަދި، ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ . ނެގި ސްޕެއިން ޓީމުގެ ސްކޮޑުންވެސް އަސެންސިއޯ ޖާގަ ހޯދި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން އަސެންސިއޯގެ އެއްބަސްވުން 2029 އަށް އާ ކުރުމަށް ފަހު، އަނެއްކާ ވެސް މަޝްވަރާތަކެއް ކުރިއަށްގެންގޮސް، މިހާރު ވަނީ އޭނާގެ ކޮންޓްރެކްޓް 2031އާ ހަމައަށް ދައްމާލަން މަޝްވަރާކޮށްފަ އެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި އަސެންސިއޯ ވަނީ އޭނާގެ ކެރިއެރުގައި އެންމެ ބޮޑު ޝައުގުވެރިކަމާ އެކު ކުރަން ބޭނުންވާ ކަމަކީ، ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށް ބުނެފަ އެވެ. އަދި ރެއާލް އަކީ އޭނާގެ އަމިއްލަ "ގެ" ކަމަށާއި، ކާމިޔާބު ކެރިއަރެއް ފުޓްބޯޅައިގައި ބިނާކުރުމަށްޓަކައި، ހުންނާނީ ރެއާލާއެކުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment