ހުލާސާކޮށް އިއްޔެ: ފަޒުލްގެ ޕާސްޕޯޓު ދޫކޮށްލުން

26 މާރިޗު 2025 - 03:00 0

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރަ


ހުލާސާކޮށް އިއްޔެ: ފަޒުލްގެ ޕާސްޕޯޓު ދޫކޮށްލުން

26 މާރިޗު 2025 - 03:00 0

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިފެހެއްޓި ހުރިހާ ޕާސްޕޯޓެއް ދޫކޮށްލައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އވެެ.

އަދަދު އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ ޓީމުން ބުނީ ޕާސްޕޯޓު ހިފެހެއްޓި ހުރިހާ މީހުންނަށް ޕާސްޕޯޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ކަންކުރަން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ.

ގޯތި ވައްކަމާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ޖުމްލަ 20 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓި އެވެ.

ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު އާއި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު)ގެ އިތުރުން އެ މިނިސްޓްރީގެ މިހާރުގެ އަދި ކުރީގެ ސިޔާސީ ބައެއް ވެރިން ހިމެނެ އެވެ.

މީގެތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ޑިސެމްބަރު 30، 2024 ގައި ފުލުހުން ދޫކޮށްލި އެވެ. މިފަހަރު ދޫކޮށްލީ 11 ޕާސްޕޯޓެވެ.

ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް، ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުން އޭރު ބުންޏެވެ.

މި މައްސަލާގައި ފުލުހުން ވަނީ ފަޒީލް އާ ސުވާލުކޮށް ފަޒުލް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ. އެޗްޑީސީގެ އެމްޑީކަމުން ފަޒުލް އިސްތިއުފާދިނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާ ހޯދާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ފުލުހުން ވަނީ މިދިޔަ މަހު ތެރޭ އޭނާއާ އެ ފައިސާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުނުމަށް ފަހުގަ އެވެ.

ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި ފަޒުލްގެ އިތުރުން, އޭނާގެ ބޭބެ, ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.

މުހިއްމު ބައެއް ހަބަރު