Advertisement

ފުލުހަކު ޑިއުޓީ ފްރީން 140 ކާޓޫނު ސިނގިރޭޓު ބޭރުކުރަން އުޅެފި

25 މާރިޗު 2025 - 15:31 6


ފުލުހަކު ޑިއުޓީ ފްރީން 140 ކާޓޫނު ސިނގިރޭޓު ބޭރުކުރަން އުޅެފި

25 މާރިޗު 2025 - 15:31 6

ފުލުހަކު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެ, އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުސް މީހާ އެ ސިނގިރޭޓުތައް ބޭރުކުރަން މަސައްކަތް ކުރީ ކަޅު ކޮތަޅަކަށް އަޅައިގެން, ޑިއުޓީ ފްރީގައި އުޅޭ މަސައްކަތް މީހުން ލައްވަ އެވެ.

ފުލުސް މީހާ އަތުލައިގަތްއިރު, ދެ ދުވަހެއްގެ މަތިން ސިނގިރޭޓުތައް ބޭރުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ އަތުލައިގަތީ 140 ކާޓޫނު ސިނގިރޭޓު ބޭނުންކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

"ޑިއުޓީ ފްރީ ލިފްޓުތެރެއަށް ކޮތަޅުތައް އަރުވައިގެން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތީ," މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލަ ފެންމަތިވީއިރު, ސިނގިރޭޓުން ނަގާ ޑިއުޓީ އަގުބޮޑުކުރި ފަހުން މިފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

އެ ގޮތުން މާލޭގައި ހުރި ބައެއް ބޮންޑަޑް ވެއާހައުސްތަކުން ވެސް ވަގަށް ސިނގިރޭޓުތަކެއް ބޭރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ކަސްޓަމްސްއިން ވަނީ 67.9 މިލިއަން ރުފިޔާގެ ޑިއުޓީ ނަގައިދޭން އެދި މައްސަލަ ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.

ވަގަށް ސިނގިރޭޓު ބޭރުކުރަން މަސައްކަތް ކުރުމުގެ އިތުރުން, މާލޭގައި އުފައްދައިގެން ވިއްކާ ސިނގިރޭޓުތަކެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި އަތުލައިގަނެވުނު 49,000 ސިނގިރޭޓު ނައްތާލާއި އެ ކަން ކުރި ކުންފުނި އުވާލަން ވަނީ ނިންމާފަ އެވެ.