25 މާރިޗު 2025 - 10:04 0
މުހައްމަދު ޝަހްޒާން
ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އަޅަން އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
25 މާރިޗު 2025 - 10:04 0
ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 720 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އެ ރަށުގައި ގާއިމު ކުރަން ހަމަޖެހިފައި ވަނީ ޒަމާނީ މަރުކަޒެއް ކަމަށާއި އެ މަސައްކަތް ހަވާލު ކުރި އެމްޓީސީސީއަކީ ވަރަށް އިތުބާރު ކުރައްވާ ކުންފުންޏެއް ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިސްލަމީ މަރުކަޒުތަކެއްގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ވެސް ފަށްޓަވާނެ ކަމަށެވެ.
"މި އަހަރުގެ ތެރޭގައި އިސްލާމީ ހުރިހާ މަރުކަޒެއްގައި އަޅުގަނޑުމެން ލައިބްރަރީތައް ގާއިމު ކުރަން ފަށާނަން، އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް ވެސްމެ، އަޅުގަނޑުމެންގެ ފުރަތަމަ އިސްލާމިކް ލައިބްރަރީ، ސަލްމާން ސެންޓަރުގައި ގާއިމުކޮށް މި އަންނަ މަހުގެ ތެރޭގައި ހުޅުވޭތޯ މަސައްކަތް ކުރަމުން އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސަލްމާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީއަށް ފަހު ދެން އެންމެ އަވަހަށް ފަށާނީ އުނގޫފާރު އިސްލާމިކް ސެންޓަރާއި ގދ. ތިނަދޫ އިސްލާމިކް ސެންޓަރުގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ކަމަށެވެ.
ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް ގާއިމު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މިލަންދޫގެ އިތުރުން ވެސް ބައެއް އެހެން ރަށްރަށުގައި އިސްލާމީ މަރުކަޒު ގާއިމު ކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް ސަރުކާރުގެ ހަރަދު ބޮޑުވެ، ދައުލަތުގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ރައީސްގެ ވައުދާ އެއްގޮތަށް މަޝްރޫތައް އަދި ކުރިއަކަށް ނުގެންދެވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment