25 މާރިޗު 2025 - 08:48 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (މ): އާސަންދަ އާއި މުސާރައަށް ކުރި ހަރަދު ވަނީ ބޮޑުތަނުން އިތުރުވެފަ --- ފޮޓޯ: ރައީސް އޮފީސް
25 މާރިޗު 2025 - 08:48 0
ހަރަދުކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތައް ނޭޅި މި އަހަރު މިހާތަނަށް ދައުލަތުން މުސާރައަށާއި އާސަންދަ ހިދުމަތް ދިނުމަށް ކުރި ހަރަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 13، އާ ހަމައަށް އާސަންދައަށް ހަރަދުކުރީ 534.4 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ކުރި ހަރަދަށް ވުރެ 132.3 މިލިއަން މަދު އަދަދެކެވެ.
އާސަންދައަށް ކުރި ހަރަދު މަތިވެފައިވާއިރު، ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުން ހޯދާ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރަންސް ހަމަވުމުން ނޫނީ އާސަންދައިން ނުކެނޑޭނެހެން އޮތް އުސޫލު ބަދަލުކޮށްފަ އެވެ.
އުސޫލު ބަދަލުކުރަން ނިންމާފައި މިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދަ ރިފޯމު ކުރުމުގެ މަސައްކަތުގެ ތެރޭގައި މި ބަދަލު ހިމެނުމަށް ފަހުގަ އެވެ. މިދިޔަ އަހަރު ވެސް ދައުލަތުން ވަނީ އާސަންދައަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 149 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން އައިއެމްއެފް އިން ގޮވާލައިފި
ދަތުރަށްފަހު އައިއެމްއެފް ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 އިންސައްތަ މަތިވާނެ ކަމަށް.
އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން އައިއެމްއެފް އިން ގޮވާލައިފި
ދަތުރަށްފަހު އައިއެމްއެފް ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 އިންސައްތަ މަތިވާނެ ކަމަށް.
އިއްޔެ ހާމަކުރި މާލީ ހިސާބުތަކުން ދައްގޮތުން ދައުލަތުން މާޗު 13، އާ ހަމައަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރީ 915.8 މިލިއަން ރުފިޔާ އެވެ. ދައުލަތުން މުސާރައަށް ކުރާ ހަރަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.
ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ސިޔާސީން ތުހުމަތުކުރާ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.
ހަރަދުކުޑަކުރުމުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 248 މީހަކު ވަކިކުރި ކަމަށް މިދިޔަ ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އެވެ. ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން ހަރަދުކުޑަވި ތަނެއް މާލީ ހިސާބުތަކަކުން ނުދައްކަ އެވެ.
ބައެއް ދާއިރާތަކުން ހަރަދުތައް އިތުރުވެފައިވާއިރު, ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ވަނީ ގޮވާލާފަ އެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment