ކުއީންސްޓައުން، ނިއު ޒީލެންޑް (މާޗް 25) - ނިއު ކެލަޑޯނިއާ އަތުން 3-0 އިން މޮޅުވެ، ނިއު ޒީލެންޑުން 16 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދައިފި އެވެ.
ނިއު ޒީލެންޑަކީ އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ދެ ވަނަ ޓީމެވެ. އެންމެ ފުރަތަމަ ކޮލިފައިވީ ޖަޕާން އެވެ.
ނިއު ޒީލެންޑުން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި މުބާރާތް ބޭއްވިއިރު އެެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ނިއުޒީލެންޑުން އެންމެ ފުރަތަމަ ވާދަކުރީ 1982 ވަނަ އަހަރު ސްޕެއިނުގައި މުބާރާތް ބޭއްވިއިރު، އެވެ.
ނިއު ކެލަޑޯނިއާއާ ދެކޮޅަށް ނިއު ޒީލެންޑަށް ގޯލުތައް ކާމިޔާބުކުރެވުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، މިކައެލް ބޮޒާލް އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ކޯސްޓާ ބާބަރޫސަސް އެވެ. އަދި އެ ޓީމުގެ ފަހު ގޯލު ކާމިޔާބުކުރީ، އެލީ ޖަސްޓް އެވެ.
މި މެޗުގައި ނިއު ޒީލެންޑަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ކްރިސް ވުޑް އަށް އަނިޔާވުމުންނެވެ. އިނގިރޭސި ޕްރިިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓްގައި މޮޅު ކުޅުމެއް މި ސީޒަނުގައި ދައްކަމުން އައި ވުޑް އަކީ އޯޝެނިއާ ޕްލޭއޮފްގައި ނިއު ޒީލެންޑުން ފީޖީ ބަލިކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment