އަސްކަރިއްޔާ ވަރުގަދަ ކުރަން ބޭނުންވާ ހަތިޔާރު ގަތުމަށް ހަ ބިލިއަން ޑޮލަރު ހޭދަކުރުމަށް އިންޑިއާގެ ޑިފެންސް އެކުއިޒިޝަން ކައުންސިލްއިން ނިންމައިފި އެވެ.
އެ ގައުމުން ގަންނަން ނިންމާފައިވާ އަސްކަރީ ސާމާނުގެ ތެރޭގައި ރަޝިއާގައި އުފައްދާ ޓީ-90 ޓޭންކުތަކާއި، ނޭވީއަށް ބޭނުންވާ އިތުރު ޓޯޕީޑޯތަކާއި، އެއާފޯސްއަށް ބޭނުންވާ އާލީ ވޯނިން އަދި ކޮންޓްރޯލް ސިސްޓަމްތައް ހިމެނެ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރައްވާ އިންޑިއާސް ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީއިން ވަނީ 823 މިލިއަން ޑޮލަރު ހަރަދުކޮށްގެން އާޓިލަރީ ބަޑިތަކެއް ގަތުމަށް ވެސް ނިންމާފަ އެވެ. މި ބަޑިތައް އުފައްދާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.
މިއީ އެ ގައުމުގެ އަސްކަރިއްޔާގެ އެކި ޔުނިޓުތަކުން މިހާރު ބޭނުންކުރަމުންދާ ސާމާނާއި ހަތިޔާރު ބާވެ، އާ ކުރަން ޖެހިފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޭލަކުނު
2 days ago
އަވައްޓެރިން ވަރުގަދަވުމަކީވެސް ދިފާޢީ ބާރަކަށް ވެދާނެއްނު
Comment