24 މާރިޗު 2025 - 03:44 0
ބިދޭސީ މީހާ އަތުން ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން
24 މާރިޗު 2025 - 03:44 0
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝަންގެ މީހެއްގެ އަތުގައި ހުރި 530،000ރ. އަތުލި މައްސަލަގައި އިތުރު އޮފިސަރަކު ހައްޔަރުކޮށް، އެންމެންގެ ވަނަވަރު ހާމަކޮށްފި އެވެ.
ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކުރީ މ. ހަޒާރީވިލާ އަހުމަދު ލައްސާން، 40، ކަމަށް ފުލުހުން ބުންޏެވެ
މި މައްސަލަ އާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރި އިމިގްރޭޝަންގެ އޮފިސަރުންނަކީ ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު އެވެ.
އެ ތިން މީހުން މާޗު 20 ގައި ހައްޔަރު ކުރުމަށް، ޖެހިގެން އައި ދުވަހުގެ ރޭ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަނީ ހައްޔަރުކުރި އެވެ.
އޭނާގެ އަންހެނުންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ވަނީ އަތުލައިފަ އެވެ.
ޝަމްއާން މަގާމުން ވަކިކުރީ މި މައްސަލައިގަ އެވެ.
ހައްޔަރުކުރި އެންމެންގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށެވެ.
ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެއަށް ފަހު އެ ފައިސާ ހިފައިގެން އެ މީހުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު އިބްރާހިމްއަކީ ބިދޭސީ މީހާ އަތުން ނެގި ފައިސާ އާއި ތަކެތި، އެ މީހާ ދޫކޮށްލިއިރު އޭނާއާ ހަވާލުކުރި އޮފިސަރެވެ. ޝެހެޝާންއަކީ ބިދޭސީ މީހާ ދޫކޮށްލުމުން ހަވާލުވި މީހާ އެވެ.
33.33%
33.33%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment