24 މާރިޗު 2025 - 07:29 0
އަހުމަދު އާއިދު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު : ސަރުކާރު ބަންދުކޮށް ޗުއްޓީއަށް ދިޔައީ އެ މިނިސްޓްރީން ހާމަކުރާ މާލީ ހިސާބުތައް ހާމަނުކޮށް --- ފޮޓޯ: ރައީސް އޮފީސް
24 މާރިޗު 2025 - 07:29 0
ރޯދަ މަހުގެ ފަހު 10 އާ ދިމާކޮށް ސަރުކާރު ބަންދުކޮށް ބޮޑު ޗުއްޓީއަކަށް ދިޔައީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް އާންމުނުކޮށެވެ.
މި ފަހުން ފިނޭންސުން ކޮންމެ ބުރާސްފަތި ދުވަހެއްގައި މާލީ ހިސާބުތައް އާންމުކުރި ނަމަވެސް މިދިޔަ ހަފުތާ އެކަން ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ވޭތުވެދިޔަ ދެ ހަފުތާ ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލު ސާފުވާނެ ގޮތެއް ނެތެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ކޮންމެ ހަފުތާއަކު އާންމުކުރާ މި ހިސާބުތައް އެންމެ ފަހުން އާންމުކުރީ މާޗު 13، ގަ އެވެ. އެ ފަހަރު އާންމުކުރީ އޭގެ ކުރީ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ.
މިއީ މި ސަރުކާރުން މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024 އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި އެވެ. އެ ހިސާބުތައް ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ.
އެ ފަހަރު ސަރުކާރުން މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ރޯދަމަހުގެ ފަހު 10 އަދި ފިތުރު އީދާ ދިމާކޮށް ސަރުކާރު ބަންދުކުރީ ޖުމްލަ 17 ދުވަހަށެވެ. މި ބަންދަށް ފަހު ސަރުކާރު ހުޅުވާނީ އަންނަ މަހުގެ 6، ގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment