23 މާރިޗު 2025 - 15:36 0
އަހުމަދު އާއިދު
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު ގޮޅި ތެރޭ ބިޑި އަޅުވާފައި: މަރުވީ މީހާއަކީ ދޮޅު އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް --- ފޮޓޯ: ކަރެކްޝަންސް
23 މާރިޗު 2025 - 15:36 0
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާން ގައިދީއަކު އަމިއްލައަށް މަރުވެއްޖެ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު މަރުވީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާޙިމް ޝަމްވީލް، 23 އެވެ.
އޭނާ ބަންދުކޮށްފައި ހުންނަ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހަވީރު 4:20 ހާއިރު އެވެ.
ދަންޖެހިފައި ހުއްޓާ ފެނުމާއެކު ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ ހަވީރު 4:55 ހާއިރު ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
މިއަދު މަރުވި ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ.
ކަރެކްޝަންސް އިން ބުނީ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން މި ހާދިސާގެ މައުލޫމާތު ގައިދީގެ އާއިލާ އަށާއި ކަރެކްޝަންސްގެ ވެރިންނަށް އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment