Advertisement

ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ

22 މާރިޗު 2025 - 23:20 1


ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ

22 މާރިޗު 2025 - 23:20 1

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި އެ ތަނުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ތެލެސީމިއާ ސެންޓަރުގައި މިވަގުތު ހުރި އަދަދުގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.

މި މައްސަލަ ހޫނުވީ އެ ތަނުން ލިބެން ޖެހޭ ބޭސް ނުލިބި ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުމުންނެވެ. އެންމެ ފުރަތަމަ މިކަމުގެ ކަންބޮޑުވުންތައް ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ހިއްސާކުރީ ސޯޝަލް މީޑިއާގަ އެވެ.

އެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަން ފެށުމާ އެކު ބައްދަލުވުން ވަނީ މެދުކަނޑާލާފަ އެވެ. އެ މުޒާހަރާގައި ބައިވެރިން އަޑުއުފުލަން މިވަގުތު ތިބީ ތެލެސީމިއާ ސެެންޓަރުގެ ކުރިމަތީގަ އެވެ.