ޝަމްއާން ހައްޔަރުކޮށްފި

21 މާރިޗު 2025 - 19:16 2


ޝަމްއާން ހައްޔަރުކޮށްފި

21 މާރިޗު 2025 - 19:16 2

މަގާމުން ރޭ ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު ޝަމްއާން ދާދި ދެންމެ ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މިރޭގެ ވަގުތެއްގައި ޝަމްއާން ޕޮލިހަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރީ ޕޮލިހުން ނުކުމެގެން ދިޔަ ފަހުން ކަމަށް އެނގިފައިވެ އެވެ.

ޝަމްއާން މިރޭ ޕޮލިހަށް ޒާހިރުކުރާ މަންޒަރު


ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

މި މައްސަލާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައިފާސްކޮށް ފުލުހުން ރޭ އަތުލި ފައިސާގެ އަދަދު ފުލުހުން ހާމަނުކުރި ނަމަވެސް އެއީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާއަށްވާ ނަގުދު ފައިސާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މި މައްސަލައިގައި ޝަމްއާންގެ އިތުރުން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ އޭގެ ތެރޭގައި އިމިގްރޭޝަންގައި ޝަމްއާންގެ ބިއުރޯގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ހިމެނެ އެވެ.

ޝަމްއާން މަގާމުން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވަނީ އައްޔަންކޮށްފަ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޒުއީމު

1 day ago

ތިޔައީ ކަން ހިނގާފައި އޮތް ގޮތްނަމަ ކުއްވެރި ނުވާނެ ރަނގަޅު ކުނަފުންޏެއްގެ އެމްޑީ އަކަށް ވުމުގެ ފުރުސަތު ބޮޑީ އެހެނަނޫނީ ބެލެވޭ ފައިސަލްއާ ގުޅުން ރަނގަޅު ބޭފުޅެއްވީމަ ފުރޭމް ކުރީ ކަމަށް ބޮޑަށް ބެލެވެނީ ަސީހްއަށް ކިހާދުވަހަކު މުއީޒު ބުނާގޮތަކަށް ހިފަހަށްޓާލެވޭނެބާ

ފަޅުމަސް

1 day ago

އާޚިރަތަށް ނުވިސްނައި، ހަމަ އެކަނި ދުނިޔެއަށް ވިސްނިޔަސް، 5 ލައްކަ ރުފިޔާ އަތުލާފަ ދޫކޮށްލާއިރު، އެ މީހާވެސް އެކަން ރިޕޯޓު ކޮށްފާނެ ކަން ވިސްނެން ވާނެދޯ..