ސޮއިކޮށްފައިހުރި މަޝްރޫއުތައް ހިމެނޭހެން ސަރުކާރުގެ މަޝްރޫއުތަކަށް ފައިސާ ހޯދަން ހުޅުވާލައިފި

21 މާރިޗު 2025 - 11:07 0

އަހުމަދު އާއިދު

އ

ރައީސް މުއިއްޒު އިއްޔެ ތިލަފުށްޓަށް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް


ސޮއިކޮށްފައިހުރި މަޝްރޫއުތައް ހިމެނޭހެން ސަރުކާރުގެ މަޝްރޫއުތަކަށް ފައިސާ ހޯދަން ހުޅުވާލައިފި

21 މާރިޗު 2025 - 11:07 0

ސަރުކާރުން އެކި ފަރާތްތަކާ އެކީ އެއްބަސްވުމުގައި ސޮއިކޮށް ހަވާލުކޮށްފައި މަޝްރޫއުތައް ހިމެނޭހެން ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ހުޅުވާލައިފި އެވެ.

ރަސްމީ ބަންދު ދުވަހެއް ނަމަވެސް މިއަދު މެންދުރު ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ ލިސްޓުގައި ޖުމްލަ 25 މަޝްރޫއަކަށް ފައިސާ ހޯދުމަށް ހުޅުވާލާފައިވެ އެވެ. މީގެތެރޭގައި ސޯޝަލް ހައުސިން އަދި އެއާޕޯޓުގެ މަޝްރޫއުތައް ހިމަނާފައިވަނީ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގަ އެވެ.

"ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު" އަށް މިފަހަރު ގެނައި އިސްލާހުގައި މީގެ ކުރިން ފައިސާ ހޯދަން ހިމަނާފައި ހުރި ބައެއް މަޝްރޫއުތައް ނެތެވެ.

މި ގަރާރު އެންމެ ފަހުން އިސްލާހުކުރީ މާޗު 27، 2024 ގަ އެވެ. އެފަހަރު އާންމުކުރި ގަރާރުގައި ފައިސާ ހޯދަން އިއުލާނުކޮށްފައި އޮތީ ނުވަ އެއާޕޯޓު މަޝްރޫއުކެވެ. މިފަހަރުގެ ގަރާރުގައި 13 އެއާޕޯޓެއް ހިމަނާފައިވީއިރު ކުރިން ލިސްޓުގައި އޮތް ށ. ދިގުވެއްޔާއި ނ. ވިހަފަރެއް މިފަހަރުގެ ލިސްޓުގައި ނެތެވެ.

ވަކިވަކި އެއާޕޯޓުތައް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ކުރީގެ ގަރާރުގައި އޮތް ފުވައްމުލައް, ހދ. ކުޅުދުއްފުށި އަދި ދ. ދަރަވަންދޫ މިފަހަރުގެ ގަރާރަކު ނެތެވެ. އެއާޕޯޓުތަކުގެ ޖުމްލަ ލިސްޓުގައިވެސް އެ ރަށްރަށް ނެތުމާއެކު އެ އެއާޕޯޓުތައް ތަރައްގީނުކުރާ ގޮތަށް ނިންމީތޯ ސުވާލު އުފެދެ އެވެ.

މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކާ ރަސްމާލެ ތަރައްގީ ކުރުމުގެ ބިން ހިއްކުމުގެ މަސައްކަތަށްވެސް މިފަހަރުގެ ގަރާރުގައި ފައިސާ ހޯދަން ހިމަނާފައިވެ އެވެ.

އަދި، މި ފަހުން ނުހިއްކާނެ ކަމަށް އިއުލާނުކުރި ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްކާފައިވާ ބިންތަކުގައި މަގު ހެދުމާއި ކުށްކުރާ ކުޑަކުދިން ރިހަބިލިޓޭޓްކުރުމަށް ގެންދަން ތަރައްގީކުރާ 'ހޯޕް އައިލެންޑް' ހިއްކުމަށާއި ތަރައްގީ ކުރުމަށްވެސް ފައިސާ ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ.