Advertisement

ބިދޭސީން އަތުން ފައިސާ ނަގާ މައްސަލާގައި ޝަމްއާންގެ ގެ ފުލުހުން ބަލައިފާސްކޮށްފި

21 މާރިޗު 2025 - 13:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު: ފުލުހުން ބަލަމުންދާ މައްސަލައާ ޝަމްއާން އާ ގުޅުން އެބައޮތް --- ފޮޓޯ: އިމިގްރޭޝަން


ބިދޭސީން އަތުން ފައިސާ ނަގާ މައްސަލާގައި ޝަމްއާންގެ ގެ ފުލުހުން ބަލައިފާސްކޮށްފި

21 މާރިޗު 2025 - 13:22 1

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގަމުންދާ ކަމަށް ބުނެ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލައިފާސްކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭ ގެއަށް ފުލުހުން ވަދެ ބަލައިފާސްކުރީ ރޭގެ ވަގުތެއްގަ އެވެ. މި މައްސަލާގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރޭގައި ޝަމްއާން ނުހިމެނޭ ކަމަށް ވެސް އެ މަސްދަރުން މައުލޫމާތު ދިނެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ބުނީ ޝަމްއާން ވަކިކުރިކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. މި މައްސަލައާ ޝަމްއާންއާ ގުޅުން އޮތްކަން މި ނޫހަށް ރޭ ވަނީ ޔަގީންވެފަ އެވެ.

މި މައްސަލާގައި އިމިގްރޭޝަންގެ ދެ އޮފިސަރުންނާއި އާންމުންގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ވަނަވަރާއި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން ހާމަނުކުރެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ޝަމްއާން ހުންނަވައިގެން އެންމެ އިސްކޮށް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.

މިގޮތަށް ފޮނުވާލެވޭ ބިދޭސީން އެނބުރި އަންނަ ކަމަށާއި އެކަން ކުރުމަށް އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ ހިދުމަތުން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.

ޝަމްއާން ވަކިކުރުމާއެކު ހުސްވި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ. އެކަން ސަރުކާރުން އިއުލާނުކުރީ ރޭ ފަތިހު 3:30 ހާއިރު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަސީހު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.