އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި ޝަމްއާން
އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ރޭ ވަކިކުރި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު ނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝައްމާން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ ރޭގެ ވަގުތެއްގަ އެވެ.
ގާނޫނުއަސާސީން އެ ބާރު ރައީސްއަށް ލިބިވަޑައިގެންނެވި ނަމަވެސް އޭނާ ވަކިކުރަން ރައީސް ނިންމެވި ސަބަބެއް ސަރުކާރުގެ އޮފިޝަލު ހިއްސާކޮށްފައެއް ނުވެ އެވެ.
ނަމަވެސް ޝައްމާން ވަކިކުރި ހަބަރު ލިބުނު ފަހުން މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ, އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ޝަމްއާންއާ ގުޅުމެއް އޮތް ކަމަށް ފުލުހުން ނުބުނު ނަމަވެސް, ކުރިން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި ގޮތުގައި, ޝައްމާން ވަކިކުރީ ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގާ މައްސަލައާ އޭނާއާ ގުޅުމެއް އޮތުމުންނެވެ.
އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝައްމާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ.
ޝައްމާން އޭގެ ކުރިން އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ބޮޑު ތުހުމަތެއްގައި ޝަމްއާން ވަކިކުރުމުގެ މާކުރިން، އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތައް އެތައް ފަހަރެއްގައި ފެތުރުނެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ ދިރުފުޅު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އަބްދުއްރަހީމްއާ ގާތްގުޅުމެއް އޮތް މީހުން މަގާމުން ވަކިކުރާނެ ކަމުގެ އަޑުތައް ކުރިން ފެތުރިފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖިމޯ
1 day ago
ކޮބާހޭ އިހުސާނު. އެވަރުގެ ތުހުމަތު ކުރެވުނު މީހެއް މި ސަރުކާރުގަ އަދި ނެތް. ވަކިކުރަން ނުކެރުނީ ކީއްވެހޭ؟؟ އެއީ ގާނޫނު ނުހިނގާ ފަރާތަކީ ހޭ؟؟ އިހުލާސްތެރިކަން ކޮބައިހޭ؟؟
Comment