އުސޫލުގެ ދަށުން ނޮވެމްބަރު 3، ގެ މެޑަލް ލިބުނު ސިފައިންނަށް ވެސް އުމުރު ދުވަހަށް ކޮންމެ މަހަކު ފައިސާ ލިބޭނެ

20 މާރިޗު 2025 - 08:49 1

އަހުމަދު އާއިދު

އ

މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވަނީ : އުސޫލުގެ ދަށުން އޭނާއަށްވެސް އުމުރު ދުވަހު ފައިސާ ލިބޭނެ --- ފޮޓޯ: ރައީސް އޮފީސް


އުސޫލުގެ ދަށުން ނޮވެމްބަރު 3، ގެ މެޑަލް ލިބުނު ސިފައިންނަށް ވެސް އުމުރު ދުވަހަށް ކޮންމެ މަހަކު ފައިސާ ލިބޭނެ

20 މާރިޗު 2025 - 08:49 1

ރާއްޖެއަށް ނޮވެމްބަރު 3، 1988، ގައި ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމުގެ މަތިވެރި ޖިހާދުކުރި ސިފައިންގެ ތެރެއިން ޝަހީދު ނުވި ނަމަވެސް އެ ދުވަހު ހަނގުރާމައާ ގުޅިގެން މެޑަލް ލިބުނު ބޭފުޅުންނަށް ވެސް އުމުރުދުވަހަށް ފައިސާ ދޭން ސަރުކާރުން ނިންމައިފި އެވެ.

މީގެއިތުރުން، ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ މީހުންނަށް ވެސް އިނާޔަތް ދޭނެ އެވެ.

އެގޮތުން ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް، އެމީހުން ދުނިޔޭގައި ތިބި ދުވަހަކު ކޮންމެ މަހަކު 9،000ރ. އަދި ހުރަވީ ރިހި މެޑަލް ލިބުނު މީހުންނަށް، އެ މީހުން ދުނިޔޭގައި ތިބި ދުވަހަކު ކޮންމެ މަހަކު 8،000ރ. ދޭނެ އެވެ.

ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދީފައިވާ މީހުންނަށް، އެ މީހުންނަށް ދުނިޔޭގައި ތިބި ދުވަހަކު މަހުން މަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ދުވަހުގެ ހަނގުރާމައާ ގުޅިގެން މެޑަލް ލިބުނު ސިފައިންގެ އަދަދެއް ސާފެއް ނޫނެވެ. ނަމަވެސް، އޭގެތެރެއިން ގިނަ ސިފައިން މިހާރު ތިބޭނީ ރިޓަޔާ ކޮށްފައި ކަމަށް ބެލެވެ އެވެ.

މި އުސޫލަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ގައުމު އޮތް މާލީ ހާލަތުން މިފަދަ އިނާޔަތެއް އެތައް ބަޔަކަށް ދިނުމަކީ އެންމެ އެކަށީގެންވާ ނިންމުން ކަމާމެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ގިނަ ބަޔަކަށް މި އުސޫލުން ފާހަގަވީ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހެއްގެ އުމުރު ދުވަހަށް މަހަކު އެއްފަހަރު 9،000ރ. ދޭން ނިންމި ނިންމުމެވެ. އާއިލާގެ ތެރޭގައި ހިމެނެނީ މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ އެވެ.