20 މާރިޗު 2025 - 16:06 0
ލީވާން އަލީ ނާސިރު
20 މާރިޗު 2025 - 16:06 0
މި ރޯދަ މަހު ވެސް ދިރާގުޕޭ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފި އެވެ.
ދިިރާގުން ބުނީ ދިރާގު ޕޭ އެޕް ޑައުންލޯޑްކޮށް، ހޯމް ސްކްރީންގައިވާ "ޑޮނޭޝަން" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ ކަމަށެވެ.
ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.
ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ މީހުންނަށް ރޯދަ މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
މި ރޯދަ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ވެސް ތައާރަފްކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment