ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް ފައިސާ ދޭތީ ގިނަ ބަޔަކު ފާޑުކިޔަނީ

20 މާރިޗު 2025 - 08:08 3

އަހުމަދު އާއިދު

އ

މިދިޔަ އަހަރުގެ ޝަހީދުންގެ ދުވަހު ބޭއްވި ހަފުލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު: ޝަހީދުންގެ އާއިލާތަަކަށް އެލަވަންސެއް ދިނުމާއި ފްލެޓު އަޅައިދިނުމަކީ ރައީސްގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް


ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް ފައިސާ ދޭތީ ގިނަ ބަޔަކު ފާޑުކިޔަނީ

20 މާރިޗު 2025 - 08:08 3

ރާއްޖެއަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމުގެ މަތިވެރި ޖިހާދުކުރަނިކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ސަރުކާރުން ނިންމުމާއެކު އާންމުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔައިފި އެވެ.

މި އިނާޔާތް ދިނުމާ ގުޅޭ އުސޫލު ގެޒެޓުކުރީ އިއްޔެ އެވެ. އުސޫލުގައިވާ ގޮތުން ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) ދުނިޔޭގައި ހުރި ދުވަހަކު ކޮންމެ މަހަކު 9،000ރ. ދޭން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވީ މި ހަބަރު ނޫސްތަކުން ގެނެސްދިނުމާއެކު އެވެ.

ނޫސްތަކުގެ ހަބަރު ހިއްސާކޮށް އާންމުން އެންމެ ބޮޑަށް ފާހަގަކުރީ ރާއްޖެ މިހާރު އޮތް މާލީ ހާލަތެވެ. ދައުލަތުގެ ދަރަންޏާއި ހަރަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު މިފަދަ ހަރަދުތަކުގެ ސަބަބުން އެކަމަށް އިތުރު ބުރައެއް އަންނާނެކަން މީހުން ފާހަގަކޮށްފައިވެ އެވެ.

"ބަނގުރޫޓު ވާލެއް ލަހީތަ ގައުމު" އެކަކު ލިޔެފައިވެ އެވެ.

"ރުފިޔާއެއް ނެތޭ ބުނާނެ. އެކަމަކު ރުފިޔާއިން އިން ކުރާނެ ކަމެއް ނޭނގިގެން އުޅެނީ،" އެހެން މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

"ގައުމު ދަރަނީގަ. މި ބޮޑު އިސްރާފެއް ނޫން ތޯ. ރައީސް މުއިއްޒު ހެޔޮނުވާނެ ތިހެން ނުހައްދަވާ. އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންނަށް ފައިސާ ދެވޭތޯ ބަލަން ޖެހޭ،" ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުން އެކްސްގައި ލިޔެފައިވެ އެވެ.

އެހެން މީހަކު އެކްސްގައި ލިޔެފައިވަނީ މިއީ ސިފައިން ވެރިކަމާ ދެކޮޅަށް ކޮށްފާނެ ބަގާވާތަކުން ސަލާމަތް ވުމަށް ކަމަށެވެ. އަދި، މިދިޔަ އަހަރު ބަންގްލަދޭޝްގެ ވެރިކަން އާންމުން ނުކުމެ ބަދަލުކުރީ މިފަދައިން ސިފައިންނަށް ދިން 'ނުހައްގު' ފައިދާތަކުގެ ސަބަބުންނެވެ.

"އެ ދުވަހު ޝަހީދުވި ސިފައިންގެ ދަރިން މިހާރު ތިބީ 40 އަހަރު ނޫނީ އެޔަށްވުރެ ދުވަސްވެފަ. ހުވަފެތްވި އަނބިން މީހުންނާ އިނދެފަ. މައިންބަފައިންނަށް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ލިބޭ،" އިތުރު މީހަކު ލިޔެފައިވެ އެވެ.

މިކަން އެހެން މީހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. 1988 ގެ އުދުވާނީ ހަމަލާއަށް މި އަހަރު 37 އަހަރު ފުރޭނެ އެވެ. އެ އަހަރު ވިހެއި ދަރިންނަށް ވެސް މި އަހަރު އެހާވަރު ފުރޭނެ އެވެ.

ނޮވެމްބަރު 3، ގައި ދިވެހީންގެ ބަޔަކު އަޑީގައި ތިބެ ކުލީ ސިފައިންގެ ބަޔަކު ލައްވައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހަކު ޝަހީދުވި އެވެ. ޝަހީދުވި 19 މީހުންގެ ތެރެއިން 8 މީހުންނަކީ ސިފައިންނެވެ. އޭރު އެ ބޭކަލުންގެ 18 ދަރިން ދުނިޔޭގައި ތިއްބެވެ.

އެ ސިފައިންގެ އާއިލާތަކަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތެއް މީގެ ކުރިން ފެށިގެން ވެސް ދެމުން އައެވެ. ނަމަވެސް ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު 3، ގައި ވިދާޅުވީ އެ އިނާޔަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު 3، ގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިނާޔަތްތަކުގެ އިތުރުން ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ޝަހީދުވީ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހައުސިން ޕްރޮގުރާމެއް ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް އަޅާނެ ކަމަށެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ޚސކސ

1 day ago

މާ ރަނގަޅުވާނެ ޕެންޝަން ފަންޑުގަ ހުރި އަހަރެމެންގެ ރުފިޔާ ނެގޭނެ ގޮތް ހެދިއްޔާ..

ކުރީ މެންބަރު

2 days ago

ނޮވެމްބަރ 3 ގައި ބޯޓެއްގައި ގެންގޮސް ޝަހީދުކޮށްލި ދިވެހި އާންމުންނާއި މާލޭ މަގުމަތީގައި ޝަހީދުކޮށްލި އާންމުން އެއީ އެއްވެސް ބަެއް ނޫންތަ؟ އެމީހުންގެ އާއިލާ އެއް ނެތީތަ؟ މީކޮންކަހަލ އިންސާފެއް. ތިޔަހުރިހާ ކަމެއްގެ އަސްލަކީ ސިފައިންނާއި ފުލުހުން ތިމާގެ "ޖީބަށް" ލުމަށް ކުރާ މަސައްކަތުގެ ބައެއްކަން ހަމަކަށަވަރު ޔަގީންވެއްޖެ. އެކަމަކު ސޮރީ. އެން އޮންނަ ރޮޔާސީ އިންތިޚާބެއްގައި ހަމަ ބޮޑުކޮށް ނޯ އޭ ބުނެވެންއޮތީ.

ހަސަން23434

2 days ago

ސިވިލްސާރވިސް ފަހު 10 ގައި ބަންދު ކޮއްފައި އެޓެންޑަންސް އެލަވަންސް ދޭނީވެސް ލާރިއޮތީމަ އެންނު . އަނެއްކާ މަސްދަޅު ކޭސްވެސް ބަހާލީ މުއްސަންޖެއް ފަގީރެއް ނުބަލާ ، އެވެރެޖް އާއިލާތަކަށް ދޭން އޯކޭ ނަމަވެސް ބުރުމާ ގާސިމް ދިޔަޔަސް މަސްދަޅު ކޭސް ލިބޭ ގޮތަށް އޮތީ ! ނަމުގައި ގައުމު އިދަޖެހިފައި !