Advertisement

ދަތިތަކަށް ނުވިސްނައި، ގައުމީ ޓީމުން މަސައްކަތް ކުރަނީ އޭޝިއަން ކަޕާ ދިމާލަށް

19 މާރިޗު 2025 - 01:05 0

އަތޫފް އާތިފް

އ

Advertisement


ދަތިތަކަށް ނުވިސްނައި، ގައުމީ ޓީމުން މަސައްކަތް ކުރަނީ އޭޝިއަން ކަޕާ ދިމާލަށް

19 މާރިޗު 2025 - 01:05 0

Advertisement

ރާއްޖޭގެ ފުޓުބޯޅައިގައި މި ވަގުތު އޮތް ހާލަތާ އެކު ބައިނަލްއަގްވާމީ މެޗުތަކަށް ނުކުންނައިރު، ދަތިތަކެއް އެބަހުރި ކަމަށާއި، އެކަމަކު، އެ އަށް ނުވިސްނާ ކުޅުންތެރިންގެ ވިސްނުން ހުރީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރެވޭނެ މަސައްކަތެއް ކުރުމަށް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފި އެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން މެދުކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އެކަމަކު ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.

Advertisement

އޭގެ ފަހުން ބައިނަލްއަގްވާމީ މެޗަކަށް ގައުމީ ޓީމުން މިރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ސަމުއްޓޭ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ވަރުގަދަ މެޗެއް ކުޅެން ނުލިބި ހުރުމުން ކުޅުންތެރިންގެ މެޗް ފިޓްނަސް ދައްވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މެޗަކަށް ނުކުންނައިރު، މެޗު ފިޓްނަސް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެ އުނދަގޫ ވަރަށް ބޮޑަށް އަންނަނެ ކަމަށެވެ.

"ބޭނުމީ އެ އަށް (ހުރި ގޮންޖެހުންތަކަށް) ނުވިސްނަން،" ސަމުއްޓެ ބުންޏެވެ.

Advertisement

ގައުމީ ޓީމުގެ ކުޅުންތެރިންގެ ވިސްނުން މިވަގުތު ހުރީ ހުރިހާ ކުޅުންތެރިން އެކެއްޗެއް ކިޔައިގެން ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ކަމަށް ސަމުއްޓޭ ފާހަގަކުރި އެވެ.

"ވަރަށް ބޮޑެތި ދަތިތައް އެބަހުރި. އެކަމަކު އެހުރިހާ ކަމެއް އެއްކައިރީ ބަހައްޓައިފަ ހުރިހާ ޕްލޭޔަރުން އެކެއްޗެކޭ ކިޔައިގެން އޭޝިއަން ކަޕް ކޮލިފައިންގެ، މީގެ ރަނގަޅު ހިސާބަކަށް ދެވޭތޯ ހުރިހާ ޕްލޭޔަރުންވެސް މި މަސައްކަތް ކުރަނީ" ސަމުއްޓޭ ބުންޏެވެ.

ރާއްޖެ އިން އެކުވެރިކަމުގެ މެޗުގައި އިންޑިއާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ. އެ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަނޑިން 18:30 ގަ އެވެ.

މި މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާގެ ނޫސްވެރިން ކުރި ސުވާލަށް ދިން ޖަވާބުގައި ސަމުއްޓެ ބުނެފައިވަނީ، އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު އަބަދުވެސް ހާއްސަ ކަމަށާއި ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ ކަމަށެެވެ. އަދި، ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިން ކަމަށްވުމުން މި މެޗުގެ މުހިންމުކަން ވެސް އެނގޭނެ ކަމަށެެވެ.

ރާއްޖޭން އިންޑިއާއާ ދެކޮޅަށް މި ކުޅޭ މެޗަކީ، އޭޝިއަން ކަޕްގެ ކޮލިފައިންގައި މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ކުޅޭ މެޗެކެވެ. ސަމުއްޓޭ ބުނީ، އިންޑިއާ މެޗަކީ ފިލިޕީންސް މެޗަށް ތައްޔާރުވާން ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.

ކޮލިފައިންގެ ހަ މެޗުގެ ތެރެއިން، ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ، ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ނޮވެމްބަރު 18 ގައި ފިލިޕީންސާ ކުޅުމަށް ފަހު، އަންނަ އަހަރު މާޗް 31 ގައި އީސްޓް ޓީމޯއާ ބައްދަލުކުރާނެ އެވެ.