about 14 hours 0
about 14 hours 0
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ތައްޔާރީތަކުގެ ތެރެއިން، ރާއްޖެ އާއި އިންޑިއާ އިން ކުޅޭ އެކުވެރިކަމުގެ މެޗަކީ، މި ދެ ޓީމަށް ވެސް ވަރަށް ސީރިއަސް މެޗެއް ކަމަށާއި ރާއްޖޭން ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ހަތަރު އަހަރު ތެރޭ އިންޑިއާ އާއި ރާއްޖޭގެ ކުރިމަތިލުމަކީ، ޝިލޮންގައި މާދަމާރޭ 18:30 ފަށާ މެޗެވެ.
އިންޑިއާ އާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާގެ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ސުޒޭން ބުނީ، މިއީ، ދެކުނު އޭޝިއާގެ ވަރުގަދަ ދެ ޓީމުން އޭޝިއަން ކަޕަށް ތައްޔާރުވުމަށް ކުޅޭ ވަރުގަދަ މެޗަކަށްވާނެ ކަމަށެވެ.
މިދިޔަ 18 ވަރަކަށް މަސް ދުވަހަށް ބަލާއިރު، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭން ކުޅުނު ދެ މެޗަކީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އެއް މެޗުން ރާއްޖެ މޮޅުވިއިރު، އަނެއް މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަނެއް ވެސް ނެތި އަހަރަކަށް ވުރެ ގިނަ ދުވަަހަަކަށްވެފައިވާއިރު، ގައުމީ ޓީމު ގޮވައިގެން މިހާލަތުގައި، އިންޓަނޭޝަނަލް މެޗުތަކެއް ވެސް ގިނައިން ނުކުޅެ، އިންޑިއާއާ ކުޅެން އުނދަގޫވާނެތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، ރަނގަޅު ކުޅުމެއް ދައްކަން ތައްޔާރު ކަމަށެވެ.
"މި ކުޅުންތެރިންނާ އެކު އަހަރެން ވަރަށް ގިނައިން މަސައްކަތްކޮށްފިން. އެ ކުޅުންތެރިންގެ ރަނގަޅު ކަންކަމާއި ބަލިފައި ވެސް އަހަންނަށް އެނގޭ. އެ ކުޅުންތެރިންނާ އެކީ މަސައްކަތް ކުރާނެ ގޮތް ވެސް އަހަންނަށް އެނގޭ. އަހަންނާ މެދު އެ ކުޅުންތެރިންގެ އިތުބާރު އޮންނާނެ. އަހަންނަށް އެ ކުޅުންތެރިންނާ މެދު ވެސް އިތުބާރު އެބައޮތް،" ސުޒޭން ބުންޏެވެ.
މެޗުގެ ފޯރިއާ ގުޅޭގޮތުން ސުވާލުކުރުމުން، ސުޒޭން ބުނީ، ރާއްޖެ އަކީ ވަރަށް ފުޓްބޯޅަ ގައުމެއް ކަމަށާއި މުޅި ރާއްޖެ އަށް ބެލިޔަސް ވަރަށް ގިނަ ފުޓްބޯޅަ ޕިޗްތަކެއް އެބަހުރި ކަމަށެވެ. އަދި، ގައުމީ ޓީމާ މެދު އަބަދުވެސް ގިނަ ބަޔަކު އުންމީދުތަކެއް ކުރާނެ ކަމަށާއި އެެހެންކަމުން، ދިވެހިންނަށްޓަކައި، މި މެޗުގައި ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށް ނަތީޖާ އެއް ނެރެވޭތޯ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސުޒޭން ވަނީ ދީފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ ގައުމީ ޓީމުން ރިޓަޔާކުރި ފޯވާޑް، ސުނިލް ޗެތުރީ، 40، އަލުން ވަނީ ގައުމީ ޓީމާ ގުޅިފަ އެވެ. ޗެތުރީ އަލުން އިންޑިއާ ގައުމީ ޓީމަށް އައުމާ ގުޅޭގޮތުން، ސުޒޭން ބުނީ، ރާއްޖެ މެޗާއި ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅޭ މެޗަށް އިންޑިއާ ވިސްނަނީ ކިހާ ސީރިއަސްކޮށްތޯ އެ ކަމުން ވެސް އެނގިގެންދާ ކަމަށެވެ.
ޝިލޯންްގްގެ ފިނިހޫނުމިނަކީ ރާއްޖެ އަށް ޑިސެޑްވާންޓޭޖަކަށް ވެދާނެތޯ ސުވާލުކުރުމުން، ސުޒޭން ބުނީ، ގައުމީ ޓީމުގައި ގިނައީ މިދިޔަ ފަސް ވަރަކަށް އަހަރު އެކި ގައުމުތަކެއްގެ ގިނަ ދަނޑުތަކެއްގައި ކުޅެފައިވާ ކުޅުންތެރިން ކަމަށްވާތީ އެއީ މައްސަލައެއް ކަމަށް ނުފެންނަ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment