17 މާރިޗު 2025 - 08:33 0
ލީވާން އަލީ ނާސިރު
17 މާރިޗު 2025 - 08:33 0
ރޯދަ މަހަށް ހާއްސަކޮށް ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ ސްޓްރީމް ކުރުމަށާއި ބްރައުޒް ކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުން ބަދަހިކުރަން، ދިރާގުގެ ޑޭޓާ އެޑް-އޮންތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެންނެވެ.
އެ ޑޭޓާ ޕެކްތަކުގެ ތެރެއިން 100ޖީ.ބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެކެވެ. އެހެންކަމުން، ރޯދަ މަހު ދިރާގުގެ އެ ޕެކޭޖްތައް އެކްޓިވޭޓްކުރުމުން އޮފާއާ އެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.
މީގެ އިތުރުން، މާޗު 1، އިން 30 ގެ ނިޔަލަށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާގެ އެ އޮފާއަކީ، ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފާއެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment