17 މާރިޗު 2025 - 07:38 0
އަމަން ހަލީމް
ްއެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު: އޭނާ ވަނީ އިތުރަށް ފައިސާ ޗާޕުނުކުރަން ގޮވާލައްވާފައި -- ފޮޓޯ: އެމްއެމްއޭ
17 މާރިޗު 2025 - 07:38 0
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ފައިސާ ޗާޕުކުރުމަކީ އެ އޮތޯރިޓީގެ މައިގަނޑު މަގުސަދު ކަމުގައިވާ ޕްރައިސް ސްޓެބިލިޓީއާ ހިލާފު ނިންމުމެއް ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވީ ފައިސާ ޗާޕުކުރަން އޭނާ ތާއީދު ނުކުރައްވާތީ މަސައްކަތްކުރައްވަން ހުރަސްއަޅާފައި ވަނިކޮށެވެ. އަދި އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
އިމާދު އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި މި ދަނޑިވަޅުގައި އިގުތިސޯދުގެ ރިއަލް ސެކްޓާއިން ރަނގަޅު ކުރިއެރުންތަކެއް ލިބިމުންދިޔަ ނަމަވެސް, ފިސްކަލް ސެކްޓަރާއި މަނިޓަރީ ސެކްޓަރުގައި ގޮންޖެހުންތައް އަދިވެސް ނުހަނު ބޮޑެވެ.
ހާއްސަ ގޮތެއްގައި އިމާދު ފާހަގަކުރެއްވީ ދައުލަތުގެ ބޭރުގެ ދަރަނި އިތުރުވަމުންދާއިޔުމެވެ. އޭނާ ވިދާޅުވީ ގޮތުގައި މިއީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެކެވެ.
އޭގެ އިތުރުން މާލީ ސެކްޓަރާ ގުޅޭ ގޮތުން އިމާދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެ, މި ރިސްކުތައް ކުޑަކުރުމަށް ޓަކައި, ޕްރޫޑެންޝަލް ރެގިއުލޭޓަރި ފިޔަވަޅުތައް އަޅަން މަޖުބޫރުވާ ކަމަށެވެ. އަދި ޑޮލަރުގެ އަގު ހިފެހެއްޓުމަށް ޓަކައި ހިފެހެއްޓިފައިވާ (ޓައިޓް) މަނިޓަރީ ފައިސާގެ ސިޔާސަތުތައް ގެންގުޅެން ލާޒިމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި
"މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ"
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި
"މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ"
ހާލަތު މިހެން އޮއްވައި, ފައިސާ އިތުރަށް ޗާޕުކުރުމުން "ސީރިއަސް" މެކްރޯ އިކޮނޮމިކް އަސަރުތަކެއް މެދުވެރިވާނެ ކަމުގެ ކަންބޮޑުވުން އިމާދު ފާޅުކުރެއްވި އެވެ. އަދި އިގުތިސޯދުގައި ފައިސާ އިތުރުވެ, ޑޮލަރުގެ އަގު ހިފަހައްޓަން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.
"އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރު ވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެއް. މީގެ ސަބަބުން އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ," އިމާދު ވިދާޅުވި އެވެ.
އޭގެ އިތުރުން ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް ކުރަންޖެހިފައިވާ ހަރަދު މިހާރަށް ވުރެ އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓް ހީނަރުވެގެން ދާނެ ކަމެއް ކަމަށް އިމާދު ވިދާޅުވި އެވެ. އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނައުމަށް ބާރު އެޅުމުގެ ބަދަލުގައި، ފިސްކަލް ސިޔާސަތު އިތުރަށް ހީނަރުވެގެން ދިޔުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމާދު ވަނީ ފައިސާ އިތުރަށް ޗާޕުކުރުމާ ދުރުހެލިވުމަށް ގޮވާލައި, ދިގު ރާސްތާގެ އިގުތިސޯދީ ހަމަޖެހުން ގެނައުމަށް ޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން, އެމްއެމްއޭގެ މި ނިންމުން ރިވިއުކޮށްދޭން އެދި ހުށަހެޅުއްވި އެވެ. ނަމަވެސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ އެ ނިންމުން ރިވިއުކުރަން ދެކޮޅު ހައްދަވާފަ އެވެ.
އިމާދުގެ އިތުރުން އެހެން ތަޖުރިބާކާރުންނާއި ވިޔަފާރިތަކުން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ހަަމަޖައްސަން ފައިސާ ޗާޕުކުރުމާ ދެކޮޅު ކަމަށް ބުނެ, ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ސިޔާސަތަށް ފާޑުކިޔައި, މިއީ ސަރުކާރުގެ އިސްރާފު ހަރަދުތައް ކުރަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment