about 20 hours 0
ލީވާން އަލީ ނާސިރު
about 20 hours 0
ދިރާގު ފުވައްމުލައް ރަން 2025 ގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިންނަށް އެ ފުރުސަތު މާޗު 18، ވާ އަންގާރަ ދުވަހާ ހަމައަށް ހުޅުވިފައި އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފުވައްމުލަކުގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަންގައި ހިމެނެނީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީ އެވެ. އެގޮތުން ދުވުމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ކެޓަގަރީއަކަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ އެ ދުވުން ބާއްވާނީ މެއި 2، ވާ ހުކުރު ދުވަހު ހަވީރު އެވެ.
ފުވައްމުލަކުގައި އެ ދުވުން ބޭއްވުމުގެ މަގުސަދަކީ، އެ ރަށަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000ރ. ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment