Advertisement

މާލޭގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

Advertisement


މާލޭގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

Advertisement

Advertisement

މާލޭގައި ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގައި 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖެނުއަރީ 27، ގައި ހުށަހެޅިފައިވާ ކަމަށެވެ.

Advertisement

އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، އެ ކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެތީ ޖިންސީގޯނާގެ މައްސަލަތަކާ ގުޅިގެން ފުލުހުން އާންމުކޮށް ވެސް ހާމަކުރަނީ ވަރަށް މަދު މައުލޫމާތެކެވެ.