Advertisement

ބާޒާރުގައި ލޮނުމެދު ކިލޯއެއްގެ އަގު 150ރ. އަށްވުރެ މަތީގައި

15 މާރިޗު 2025 - 14:48 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ލޮނުމެދު ވިއްކަން ބަހައްޓާފައި: ކިލޯއެއްގެ އަގު ހުރީ 150ރ. އަށްވުރެ މަތީގައި -- ފޮޓޯ: އަދަދު


ބާޒާރުގައި ލޮނުމެދު ކިލޯއެއްގެ އަގު 150ރ. އަށްވުރެ މަތީގައި

15 މާރިޗު 2025 - 14:48 1

ބާޒާރުގައި ލޮނުމެދުގެ އަގު ވަރަށް ބޮޑަށް އުފުލި ކިލޯއެއްގެ އަގު 150ރ. އަށް މައްޗަށް އަރައިފި އެވެ.

މިވަގުތު ބާޒާރުގައި ލޮނުމެދު ކިލޯއެއް ލިބެން ހުރީ 150ރ. އާއި 180ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ހޯލްސޭލްކޮށް ލޮނުމެދު އާންމުކޮށް ވިއްކާ ތަންތަނުން މިވަގުތު ލޮނުމެދު ހުރީ ހުސްވެފަ އެވެ.

ނަމަވެސް ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ލޮނުމެދު އިމްޕޯޓްކޮށް އަންނަނީ ވިއްކަމުންނެވެ. އެގޮތުން ލިމިޓްކޮށްގެން އެސްޓީއޯއިން ވިއްކަމުންދަނީ ކޮންމެ މީހަކަށް އެއް ކިލޯގެ ލޮނުމެދު 45ރ. އަށެވެ.

ހޯލްސޭލްކޮށް ލޮނުމެދު ގަންނަން ނުލިބޭތީ ބައެއް ތަންތަނުން އަގުހެޔޮކޮށް އެސްޓީއޯ އިން ލޮނުމެދު ގަނެގެން ފިހާރަތަކުގައި އަދި ބާޒާރުގައި ޑަބަލް އަގުގައި ދަނީ ވިއްކަމުންނެވެ.

ރޯދަ މަސް ފެށުނު ފަހުން ލޮނުމެދުގެ އަގު ބާޒާރުގައި ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް ފަހުން އަނެއްކާ އަގު ވަނީ އުފުލިފައިކަން ފާހަގަކުރެވެ އެވެ.