about 13 hours 0
about 13 hours 0
ލަންޑަން (މާޗް 14) - އިންގްލެންޑްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެ، ތޯމަސް ޓުޗެލް ނެގި ފުރަތަމަ ސްކޮޑުން، އެސްޓަން ވިލާގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރެޝްފޯޑް ހިމަނައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ވިލާ އަށް ކުޅެމުން އަންނަ ރެޝްފޯޑް އެންމެ ފަހުން އިންގްލެންޑްގެ މެޗެއްގައި ކުޅެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލާ ދެކޮޅަށެވެ.
އަށާރަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި، އިންގްލެންޑާ އެކު މަސައްކަތް ކުރަމުން އަންނަ ޓުޗެލް ނެގި ފުރަތަމަ ސްކޮޑުން، ރެޝްފޯޑަށް ޖާގަ ދީފައި މި ވަނީ، މި މަހު ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އިންްގްލެންޑުން ރަނގަޅު ފޯމެއްގައި ތިބި ކުޅުންތެރިން ބޭނުންކުރުމުގެ ވިސްނުމުގަ އެވެ.
ޔުނައިޓެޑާ މައްސަަލަތަކެއް ޖެހި، ކެރިއަރު އަލުން ޓްރެކަށް ގެނައުމަށް ވިލާ އަށް ބަދަލުވި ރެޝްފޯޑް މިހާތަނަށް އެ ޓީމަށް ގޯލެއް ޖަހައިދީފައިނުވި ނަމަވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، ރެޝްފޯޑް ވަނީ މިހާތަނަށް ހަތަރު ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޓުޗެލް ދެކޭގޮތުގައި، އިންގްލެންޑް ގައުމީ ޓީމަށް 60 މެޗު ކުޅެދީފައިވާ ރެޝްފޯޑް ހުރީ އިންގްލެންޑުގެ މެޗުތަކުގައި ބޭނުންކުރެވޭ ލެވަލްގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި، އަލްބޭނިއާ އާއި ލެޓްވިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި އިންގްލެންޑްގެ ސްކޮޑުން މުޅިން އަލަށް ފުރުސަތު ދީފައިވަނީ، ނިއުކާސަލް ޔުނައިޓެޑްގެ ޑޭން ބާން އާއި އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment