ރާއްޖޭގެ ކްރިކެޓް ތަރައްގީ އަށް އެކަޑަމީ އަކާއި ސީޑްސް ޕްރޮގްރާމެއް ފަށަނީ

about 17 hours 0


ރާއްޖޭގެ ކްރިކެޓް ތަރައްގީ އަށް އެކަޑަމީ އަކާއި ސީޑްސް ޕްރޮގްރާމެއް ފަށަނީ

about 17 hours 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރާއްޖޭގެ ކްރިކެޓް ފުޅާކުރުމާއި މުސްތަގުބަލެއް ބިނާ ކުރުމުގެ ގޮތުން، ކްރިކެޓް އެކެޑަމީ އޮފް މޯލްޑިވްސް އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްރިކެޓަަރުން އުފައްދާނެ ސީޑްސް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދެ ޕްރޮގްރާމް ލޯންޗުކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި ކްރިކެޓް ހަވީރު ޝަރަފްވެރިކޮށްދެއްވި ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަރިހުގައި، ސީބީއެމްގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި، މުހައްމަދު ފައިސަލް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ގޮތުން، ފައިސަލްގެ ދެ ވަނަ ދައުރުގައި، ކްރިކެޓް ބޯޑުން ފަށަން ނިންމާފައިވާ އެއް ކަމަކީ، ކްރިކެޓް އެކަޑެމީ އޮފް މޯލްޑިވްސް އެވެ. މި އެކެޑަމީ އަކީ، ކްރިކެޓް ޖޫނިއާ ޕްރޮގްރާމް ހިންގުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާ އެކު، ކްރިކެޓްގެ އާ ޖީލެއް އުފެއްދުމަށްޓަކައި، އާ މަސައްކަތްތަކެއް ކުރުމަށް ސީބީއެމް ގެ އިދާރީ އޮނިގަނޑުތެރޭ އުފައްދާ ކްރިކެޓް އެކަޑަމީއެކެވެ.

ކްރިކެޓް ހަވީރުގައި ވާހަކަ ދައްކަވަމުން، ރައިސް ފައިސަލް ވިދާޅުވީ، މި އެކެޑަމީ އަކީ މިނިވަންކޮށް ވީހާ ވެސް ވިސްނުންތެރިކަމާ އެކުމ ކުރިއަށްގެންދެވޭނެ އެކަޑަމީއެއް ކަމަށެވެ.

ދެ ވަަނަ ކަމެއްގެ ގޮތުގައި، ފެށޭ ސީޑީސް ޕްރޮގްރާމަކީ، ކްރިކެޓްގެ ވިޝަން 2030 ތެރެއިން ކުރެވޭ ކްރިކެޓްގެ ޑިވެލޮޕްމަންޓާ ގުޅޭ މުހިންމު މަސައްކަތެކެވެ. އެ ގޮތުން، ސީޑްސް ޕްރޮގްރާމުގެ އަމާޒަކީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މުޅިން އަލަށް 5000 ކުދިންނަށް ކްރިކެޓް ތައާރަފް ކުރުމެވެ. އެ ގޮތުން ހިންގޭ މި ޕްރޮގްރާމްގައި، ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ކްރިކެޓް ގެ "އޮއްތަކެއް" އިންދައި، ކްރިކެޓަށް އަހުލުވެރި، ކްރިކެޓް ދެކެ ލޯބިވާ ކުދިންތަކެއް އުފެއްދުމަށް ހިންގޭނެ ކަމުގެ އުންމީދު ބޮޑެވެ.

ސީޑްސް ޕްރޮގްރާމް ހިންގާނެ ގޮތާ ބެހޭގޮތުން ފައިސަލް ވިދާޅުވީ، ރަށްރަށުގައި މި ޕްރޮގްރާމް ހިންގުމަށްޓަކައި، އެކި ޖަމިއްޔާތަކާއި ކްލަބްތަކާ ގުޅުމުގެ ވިސްނުން ކްރިކެޓް ބޯޑުގެ އެބަހުރި ކަމަށެވެ. އަދި، މި ކަމަށް ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، ޔޫއެންޑީޕީ މޯލްޑިވްސްއާ އެކު ވެސް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ފައިސަލް ވިދާޅުވި އެވެ،